މިއަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ އަށް ރާއްޖޭން މަރުހަބާ ކިޔައިފިއެވެ.
އިންޑިގޯ އެއާލައިނުން މިއަދު ރާއްޖެ އައި ކާޖަލް ސިންގް އަކީ ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާއެވެ. އޭނާ އައީ ފިރިމީހާއާއެކު ޗުއްޓީ ހޭދަ ކުރުމަށެވެ.
މިދިޔަ އަހަރު ރާއްޖެއަށް އެއް މިލިއަން ވަނަ ފަތުރުވެރިޔާ އައީ ޖޫން 27ގައެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މިއީ ރާއްޖޭގެ ތާރީހުގައި ވެސް މިހާ އަވަހަށް އެއް މިލިއަން ފަތުރުވެރިން ހަމަވި ފުރަތަމަ ފަހަރު ކަމަށެވެ.
އިންޑިއާ އަކީ ރާއްޖެއަށް ހަވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމެވެ. މިހާތަނަށް އެގައުމުން 56،000 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. ނަމަވެސް މި ގައުމަކީ 2023ވަނަ އަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާ ގައުމުވެސްމެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ