ދުނިޔޭގެ އެކި ކަންކޮޅުތަކުން މިއަހަރު 1.6 މިލިއަނަށްވުރެ ގިނަ މީހުން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަން ދިޔަ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެކްސް އެކައުންޓެއް ކަމަށްވާ "ހޯލީ މޮސްކްސް" އިން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 1،673،230 މައްކާ އަށް ގޮސްފައިވެއެވެ.
މީގެތެރެއިން 877،841 މީހުންނަކީ ފިރިހެނުންނެވެ. އަންހެނުންގެ އަދަދަކީ 795،389 އެވެ.
އެންމެ ގިނަ ހައްޖާޖީން މައްކާ އަށް އައިސްފައި ވަނީ ވައިގެ މަގުންނެވެ. އެއީ 1،435،017 މީހުންނެވެ. ކަނޑުމަގުން 5،094 މީހުން ހައްޖަށް އައިސްފައިވާއިރު އެއްގަމު މަގުން 66،465 މީހުން ހައްޖަށް އައިސްފައިވެއެވެ.
ސައުދީ އަރަބިއްޔާ އިން ވަނީ މައްކާ ރޫޓު އިނީޝިއޭޓިވް ނަމުގައި ހައްޖުވެރިންނަށް ހާއްސަ ލުއި ގޮތްތަކެއް ހަމަޖައްސައި ދީފައެވެ. މިއީ ވަކި މިންވަރަކަށް ހައްޖާޖީން އަންނަ ގައުމުތަކަށް އޮންނަ ފަސޭހައެކެވެ. ނަމަވެސް މި ފަސޭހަ ދިވެހިރާއްޖޭން ހައްޖަށްދިޔަ 1،000 ހައްޖާޖީންނަށް ވެސް ސައުދީ ސަރުކާރުން ވަނީ ދީފައެވެ.
މައްކާ ރޫޓު އިނީޝިއޭޓިވްގެ ސަބަބުން 314،337 ހައްޖުވެެރިންނަށް ފައިދާ ކުރި ކަމަށްވެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ