ސަރުކާރުގެ ހުރިހާ ދިމާލަކުން ވެސް ފެންނަނީ ކަންކަމުގެ ވައްޓަފާޅިއެއް ނެތް، ރާވައި ހިންގުމުގެ ޤާބިލުކަމެއް ނެތް ބަޔަކު "ދަސްކުރާ" ބޯޑުއަޅުވައިގެން އުޅޭ މަންޒަރު ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
"އެކްސް"ގައި ޝާހިދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުގެ މިސްރާބު ސީދާ ނުކުރެވިއްޖެނަމަ އެންމެ ބޮޑު ގެއްލުމާއި ކުރިމަތިލާން ޖެހޭނީ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ކަމަށެވެ.
"ކަރަންޓުން ފެށިގެންގޮސް ދިރިއުޅުމުގެ ހުރިހާ ޒަރޫރީ ކަމެއް މިއަދު ހުރީ އިރު އިރުކޮޅާ ފިޔުޒުދާ ނިވިދިއްލޭ ބޮކި ފައްޗެއްގެ ސިފައިގައި،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު އެހެން ވިދާޅުވީ ކަރަންޓް ބިލުތަކަށް ޑިސްކައުންޓް ދެއްވާފައިވަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނިކޮށް، މިދިޔަ މަހުގެ ބިލުން ސަރުކާރުން ދިން ކަމަށް ބުނާ ޑިސްކައުންޓް ނުފެންނާތީއެވެ.
އެކަމާ ގުޅިގެން ސްޓެލްކޯއިން ބުނީ މިދިޔަ މަހުގެ ބިލުން ޑިސްކައުންޓް ނުފެންނަނީ އޭގެ ކުރީ މަހުގައި ވެސް ސަރުކާރުން ޑިސްކައުންޓް ދީފައިވާތީ ކަމަށެވެ.
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި
މަޝްރޫއުތައް ނިންމަން މިނިސްޓްރީތަކުގައި ހާއްސަ ޔުނިޓެއް
އިންޑަސް ކޭޗްމަންޓް ސަރަޙައްދުގެ ފެނުގެ ބަހުސް އަލުން ވަޒަންކުރުން