ކުރިޔަށް އޮތް އަޟްހާ އީދު ކައުންސިލްތަކުން ފާހަގަކުރާއިރު، އިސްލާމީ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން އީދުގެ ހަރަކާތްތައް ފާހަގަކުރުމަށް ލޯކަލް ގަވަރުމަންޓު އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ.
އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލު ސޮއި ކުރައްވަވާ މިއަދު ކައުންސިލްތަކަށް ސިޓީއެއްގައި ވަނީ ކައުންސިލްތަކުން ފާހަގަކުރާ ދުވަސްތަކުގެ ތެރެއިން އެންމެ ކުލަގަދަކޮށް ފާހަގަކުރާ އެއް ދުވަހަކީ އީދު ފަދަ ދުވަސްތައް ކަމަށެވެ. އީދު ފާހަގަކުރަނީ ރަށުގެ ރައްޔިތުންގެ އެއްބައިވަންތަކަމުގެ ގުޅުން ވަރުގަދަ ކުރުމަށާއި އިޖުތިމާއީ ގުޅުންތައް ވަރުގަދަ ކުރުމަށް ކަމަށް ސިޓީގައިވެއެވެ.
އެހެެންކަމުން ކައުންސިލްތަކުން އީދު ފާހަގަކުރާއިރު އިސްލާމީ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން އީދު ފާހަގަކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ހަރަކާތްތައް އިންތިޒާމު ކުރާއިރު، އެއްވެސް ހަރަކާތަކީ އިސްލާމީ އިމުން ބޭރުނުވާނެ ހަރަކާތަކަށް ނުހެދުމަށް ވެސް އިލްތިމާސްކުރިއެވެ.
ސިޓީތަކާއި ކައުންސިލްތަކާއި ބެހޭ މިނިސްޓްރީން ވެސް މީގެކުރިން ވަނީ އިސްލާމީ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން އީދުގެ ހަރަކާތްތައް ފާހަގަކުރަން އިލްތިމާސް ކޮށްފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ