މިއަހަރު ރާއްޖޭން ހައްޖުގެ އަޅުކަން އަދާ ކުރުމަށް މައްކާއަށް މިވަގުތު ގޮސްފައިވާ ހައްޖާޖީން މިރޭ މިނާ އަށް ދިއުމަށް ދަތުރު ފަށާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަހީމް މިރޭ މީޑިއާތަކުގެ ވަޓްސްއަޕް ގްރޫޕަށް ކުރެއްވި މެސެޖެއްގައި ވިދާޅުވީ ރާއްޖޭގެ ހައްޖުވެރިން މިނާ ދިއުމަށް މިރޭ ދަތުރު ފަށާނެ ކަމަށާއި އެންމެހައި ޙައްޖުވެރިންގެ ހާލު ވެސް ރަނގަޅުކަމުގައި ދިވެހި ޙައްޖު މިޝަންއިން މައުލޫމާތު ދެއްވާ ކަމަށެވެ.
"ދިވެހި ހައްޖުވެރިންނަށްޓަކައި ހައްޖު ކޯޕަރޭޝަނުން މިނާގައި ވަނީ ފުރިހަމަ އިންތިޒާމްތަކެއް ކޮށްފައި،" ޝަހީމް ވިދާޅުވިއެވެ.
ރާއްޖޭން މިއަހަރު ހައްޖަށް ގޮސްފައިވާ ފަރާތްތަކަށް ވަނީ މީގެކުރިން ނުލިބޭ އެތައް ލުއިތަކެއް ލިބިފައެވެ. އޭގެތެރެއިން އެންމެ މުހިއްމު އެއް ލުއިއަކީ، މައްކާ ރޫޓް އިނީޝިއޭޓިވްއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ