އެމެރިކާއާއެކު އިންޑިއާއިން ކުރިއަށްގެންދާ ވިޔަފާރީގެ މަޝްވަރާތަކުން ރަނގަޅު ނަތީޖާއެއް ނުކުންނާނެކަމުގެ އުއްމީދު އެބައޮތްކަމަށް، މަޝްވަރާތަކުގައި ބައިވެރިވާ އިންޑިއާގެ ޗީފް ނެގޯޝިއޭޓަރ ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ޗީފް ނެގޯޝިއޭޓަރ ރަޖޭޝް އަގްރަވާލް ވިދާޅުވީ މަޝްވަރާތަކުން ކުރިއެރުން ލިބެމުންދާ ކަމަށާއި، ވަރަށް އަވަހަށް ކޮޅެއްގައި ޖެހޭނެކަމަށެވެ. އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ ޓެކްސް އެތައް ގުނައެއް ބޮޑުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވިއިރު، އޭގެ ތެރެގައި އިންޑިއާއިން އެތެރެކުރާ މުދާވެސް ހިމެނެއެވެ. ޓްރަމްޕް އިއުލާންކުރެއްވި ޕްލޭންގައި އިންޑިއާއިން އެތެރެކުރާ މުދަލުން 26 އިންސައްތަ ޓެރިފެއް ނަގާނެއެވެ.
އެޕްރީލް މަހުގެ 9 ވަނަ ދުވަހު އެމެރިކާއިން ވަނީ ބޮޑުކުރި ޓެރިފްތައް ނެގުން 90 ދުވަހަށް ފަސްކުރުމަށް ނިންމާފައެވެ. އިންޑިއާއާއި އެހެން ގައުމުތަކުންވެސް މަސައްކަތްކުރަމުން ދަނީ މި މުއްދަތުގެ ތެރޭގައި އެމެރިކާއާއެކު ވިޔަފާރީގެ އެއްބަސްވުމަކަށް އާދެވޭތޯއެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން