މިދިޔަ މަހުގެ ކަރަންޓު ބިލު ތައްޔާރު ކޮށްފައި ވަނީ އާ ޓެރިފް ރޭޓުގެ ދަށުން ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯ އިން އެކްސްގައި ރޭ ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާއި އެއްގޮތަށް މެއި މަހުގެ ކަރަންޓު ބިލްތައް ތައްޔާރުކޮށްފައިވަނީ އަގުހެޔޮކޮށްފައިވާ ޓެރިފް ރޭޓްތަކަށް ކަމަށެވެ.

"މި ބަދަލާއެކު ކަރަންޓު ބިލް ދެއްކުމަށް ރައްޔިތުން ކުރާ ހޭދަ ކުޑަވެގެންދާނެ. މީގެ އިތުރުން ރައީސް މުއިއްޒުގެ ނިންމެވުމާއި އެއްގޮތަށް ދެން ފޮނުވާ ހުރިހާ ކަރަންޓުބިލްތަކެއްވެސް ތައްޔާރުކުރެވިގެންދާނީ އައު ޓެރިފްރޭޓްތަކަށް ކަމުގެ ޔަގީންކަން އަރުވަން،" ސްޓެލްކޯ އިން ބުންޏެވެ.

އާ ޓެރިފް ރޭޓުތަކެއް ކަނޑައަޅައި އެ ރޭޓުތަކަށް އަމަލު ކުރަން ނިންމާފައިވާކަން އިއުލާން ކުރެެއްވީ މިދިޔަ މަހުގެ 30ވަނަ ދުވަހު ރައީސް މުއިއްޒެވެ.

ޓެރިފް ރޭޓަށް ގެނެސްފައިވާ ބަދަލުތައް:

  • ބޭންޑް 0-100 އަށް މިހާރު އިންނަ ރޭޓް 1.50 - އަލަށް ކަނޑައެޅި ރޭޓް - 1.25
  • ބޭންޑް 101-200 އަށް މިހާރު އިންނަ ރޭޓް 1.70 - އަލަށް ކަނޑައެޅި ރޭޓު 1.50
  • ބޭންޑް 201-300 އަށް މިހާރު އިންނަ ރޭޓް 2.15 - އަލަށް ކަނޑައެޅި ރޭޓަކީ 1.50
  • ބޭންޑް 301-400 އަށް މިހާރު އިންނަ ރޭޓް 2.50 - އަލަށް ކަނޑައެޅި ރޭޓަކީ 1.50
  • ބޭންޑް 401-500 އަށް މިހާރު އިންނަ ރޭޓް 2.95 - އަލަށް ކަނޑައެޅި ރޭޓަކީ 2.66
  • ބޭންޑް 501-600 އަށް މިހާރު އިންނަ ރޭޓް 3.55 - އަލަށް ކަނޑައެޅި ރޭޓަކީ 3.25
  • ބޭންޑް 600+ އަށް މިހާރު އިންނަ ރޭޓް 4.25 - އަލަށް ކަނޑައެޅި ރޭޓު 3.83