ރާއްޖެއިން އިނގިރޭސިވިލާތަށް އެތެރެކުރާ މަހުގެ ބާވަތްތަކުގެ ޑިއުޓީ ކަނޑާލުމަށް ފްރީ ޓްރޭޑް އެގްރިމެންޓް ހެދުމަށް ކުރީގެ ސަރުކާރުން ފެށި މަޝްވަރާތައް މި ސަރުކާރުން ކުރިއަށް ނުގެންދާތީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
ރާއްޖެއިން އިނގިރޭސިވިލާތާއެކު ބާއްވާ މަޝްވަރާތައް މިދިޔަ ހަފުތާގައި ސަރުކާރުން ކުރިއަށް ގެންގޮސްފައިވެ އެވެ.
އެކަމާ ގުޅިގެން ޝާހިދު ކުރެއްވި ޓްވީޓެއްގައިވަނީ ރާއްޖެއިން އިނގިރޭސިވިލާތަށް އެތެރެކުރާ މަހުގެ ބާވަތްތަކުގެ ޑިއުޓީ 24 ޕަސެންޓުން 20 ޕަސެންޓަށް ކުޑަކުރުމަށްފަހު އެ ޑިއުޓީ އެއްކޮށް ކަނޑާލަން ފްރީޓްރޭޑް އެގްރިމެންޓެއް ހެދުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ދެ ގައުމުން މަޝްވަރާކުރި ކަމަށެވެ. ނަމަވެސް މިދިޔަ ހަފުތާގައި ދެ ގައުމުން ބޭއްވި މަޝްވަރާތަކުގައި އެ ވާހަކަ ހިމަނާފައި ނުވާތީ ކަންބޮޑުވުން ފާޅު ކުރައްވާ ކަމަށް ޝާހިދުގެ ޓްވީޓްގައިވެ އެވެ.
ޝާހިދު ވިދާޅުވި ގޮތުގައި އެ ވާހަކަ ދެ ގައުމުގެ މަޝްވަރާތަކުގައި ހިމަނާފައިނުވާ ސަބަބު ސަރުކާރުން ހާމަކުރަންޖެހެ އެވެ.
އިނގިރޭސިވިލާތާއި ޔޫރަޕްގެ ގައުމުތަކަށް ރާއްޖެއިން އެތެރެކުރާ މަހުގެ ބާވަތްތަކުގެ ޑިއުޓީ ކަނޑާލުމަކީ އެ ދާއިރާގެ ފަރާތްތަކުން އަބަދުވެސް ގޮވާލަމުންދާ ކަމެކެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ