މާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓުގެ ހިދުމަތް ދޭން ފަށާފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
މާލެ އާއި ހުޅުމާލޭން މިއަދު މެންދުރު 12:30 ހާއިރު ވަނީ ކަރަންޓު ކެނޑިފައެވެ.
ސްޓެލްކޯ އިން ބުނީ ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަރަންޓުގެ ހިދުމަތް ކެނޑިފައިވާ ކަމަށާއި ދިމާވި މައްސަލަ ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކަރަންޓު ކެނޑުނު މައްސަލައިގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން ސްޓެލްކޯ އިން ބުނީ މާލޭގެ ބައެއް ސަރަހައްދުތަކަށް މިހާރު ކަރަންޓު ދީފައިވާ ކަމަށެވެ.
އަދި ކަރަންޓު ނުދެވި ހުރި ސަރަހައްދުތަކަށް ވެސް ކަރަންޓު އަލުން ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލަ ތަހުގީގު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކަމާބެހޭ އިދާރާތަކަށް އަންގަވައިފައެވެ. ފުލުހުން ވަނީ މި މައްސަލާގައި މިހާރު ހާއްސަ ތަހުގީގެއް ވެސް ފަށައިފައެވެ.
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު
ގައުމުތަކާއެކު ރަހުމަތްތެރިކަމުގެ ފާލަމެއް ނޭޅުނު
15 ދުވަސް ޖަހަން އެދިފައިވަނިކޮށް، މައިމޫން ކޯޓުން ދޫކޮށްލައިފި
ސްޓެލްކޯއިން ޕީއެންސީއަށް މީހުން ވައްދާކަން ފަޅާއަރައިފި
އެމްޑީޕީން ހުށަހެޅި ހިރިމަރަދޫ މައްސަލަ އެޗްއާރްސީއެމް އިން ބަލަނީ