މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
މިކަން ރައީސް ހާމަ ކުރެއްވެވީ "ރައްޔިތުންނާއެކު" ޕޮޑްކާސްޓުގައި ޕްރެޒެންޓަރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ވަނީ އެމަނިކުފާނު ހައްޖަށް ވަޑައިގަންނަވަނީ ދިވެހި ރައްޔިތުންނަށް ސައުދީ ސަރުކާރުން ދޭ 1،000 ހައްޖު ކޯޓާގެ ތެރެއިން ނޫން ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑަށް އަދި މީގެކުރިން، ވެރިކަން ކުރެއްވި ބޭފުޅުންނަށްވެސް އެ ދޭ ހާއްސަ ފުރުސަތުތަކަކީ، ކޯޓާތެރެއިން ދާ ކަމެއްނޫން. އެއްހާސް ކޯޓާއަކީ ކޯޓާ. އެއިން ބޭރުން ހާއްސަ ފުރުސަތެއް، ނޫނީވިއްޔާ ދައުވަތެއް މި ލިބެނީ. އެއީ ހަމަ މުޅިން އެއިން ބޭރުން ވަކިން ހަމަޖައްސައިދޭ ކަމެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ވަޑައިގަންނަވާނީ ވަކި ހާއްސަ ފްލައިޓެއްގައި ކަމަށާއި އެއީ ދިވެހި ސަރުކާރުން އެއްވެސް ހަރަދެއް އެކަމަށް ކުރާ ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑުގެ ހައްޖުގެ މި އެއްވެސް ކަމަކީ ކޯޓާގެ ތެރެއިންވެސް ހިނގާ ކަމެއް ނޫން. ސަރުކާރުގެ ބަޖެޓުން ކަމެއްވެސް ހިނގާ ކަމެއް ނޫން. ހަމަ ސައުދީ މެހްމާންދާރީގެ ތެރެއިން ސައުދީ ރޯޔަލް ކޯޓުން ހަމަޖައްސައިދީފައި ހުރި ކަންތައްތައް އިނގޭތޯ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ދިވެހި ހައްޖުވެރިންނަށް މިފަހަރު ހަމަޖައްސައި ދީފައިވާ ލުއިތަކަށް ދިވެހި ސަރުކާރުގެ ނަމުގައި ސައުދީ އަރަބިއްޔާގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ