މިވަގުތާއި ހަމައަށް ދިވެހި ހައްޖުވެރިންގެ ތެރެއިން 489 ހައްޖާޖީން މައްކާ އަށް ވާސިލްވެއްޖެއެވެ.
މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދާ ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕް ރާއްޖޭން ފުރީ މިމަހުގެ 26ވަނަ ދުވަހުއެވެ.
އޭގެފަހުން މިއަދުގެ މިހާތަނަށް 489 ހައްޖާޖީން މައްކާއަށް ވާސިލްވެފައިވާ ކަމަށާއި ހުރިހާ ހައްޖާޖީންގެ ހާލުވެސް ރަނގަޅު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ދިވެހި ހައްޖުވެރިންގެ ހާލު ވަރަށް ގާތުން ދިވެހި ހައްޖު މިޝަނުން ބަލަމުން އަންނަ ކަމަށާއި ހައްޖު ކޯޕަރޭޝަންގެ އިންތިޒާމުތައް ވަރަށް ފުރިހަމަ ކަމަށެވެ.
ދިވެހި ހައްޖުވެރިން މިފަހަރު މައްކާއަށް ފުރަނީ، ސައުދީ އަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ މަރުޙަލާއެއް ފުރިހަމަކުރުމަށްފައެވެ. އެ ހިދުމަތް ދިވެހިންނަށް ފަހިވެފައިވަނީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހާއްސަ އިރުޝާދުގެ ދަށުންނެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ