ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
ހޯމް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ އެ މަގާމަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ ދެވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
އެ މަގާމަށް ކުރިމަތިލެވޭނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީ ރޭންކުގެ ބޭފުޅުންނަށެވެ.
ސީޕީގެ މަގާމަށް ބޭފުޅަކު ކަނޑައަޅާނީ ޕޮލިސް ބޯޑުން އެ މަގާމަށް ކުރިމަތިލާ ފަރާތްތަކާއި އިންޓަވިއު ކުރުމަށްފަހު މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން މިނިސްޓަރުގެ ލަފާގެ މަތީން ރައީސުލްޖުމްހޫރިއްޔާ އަކަށް ހުންނަވާ ބޭފުޅެކެވެ.
ސީޕީގެ މަގާމު ހުސްވީ މިދިޔަ މަހުގެ 26ވަނަ ދުވަހު އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ ގެއެއްގެ ފުރާޅު މައްޗަށް އަންހެން ކުއްޖަކު ވެއްޓުނު މައްސަލާގައި ފުލުހުންނަށް އާއްމުންގެ ފާޑު ކިޔުން އަމާޒުވި ދަނޑިވަޅެއްގައެވެ.
ޝުޖާއު މަގާމުން އިސްތިއުފާ ދެއްވުމުން ވަގުތީ ގޮތުން އެ މަގާމަށް ހަމަޖެއްސެވީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއީލް ނަވީންއެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް