މާލޭގައި މިހާރު ފެތުރެމުން އަންނަ ރޯގާގެ ތެރެއިން އެންމެ ގިނައީ އިންފްލުއެންޒާ އާއި ކޮވިޑް19 ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން މިއަދު ބުނީ އަހަރުގެ މިހާތަނަށް އިންފްލުއެންޒާ ޖެހިގެން 254 މީހުން ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އެއީ މިދިޔަ އަހަރަށްވުރެ އެތައް ގުނައެއް އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އިންފްލުއެންޒާ ޖެހިފައި ވަނީ 50 މީހުންނެވެ.
އެޗްޕީއޭ އިން ބުނީ މިއަހަރުގެ މިހާތަނަަށް 37 މީހަކަށް ކޮވިޑް19 ޖެހިފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ކޮވިޑް ޖެހިގެން ރިޕޯޓު ކޮށްފައި ވަނީ 38 މީހުންނެވެ.
އަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން 43،882 މީހުން ރިޕޯޓު ކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރަށްވުރެ އިތުރު އަދަދެކެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 36،047 މީހުން ރޯގާ ޖެހިގެން ރިޕޯޓު ކޮށްފައިވެއެވެ.
ކޮވިޑް19 އާއި އިންފްލުއެންޒާ ޖެހިގެން އެންމެ ގިނައިން ރިޕޯޓު ކުރަމުން އަންނަނީ މާލެ ސަރަހައްދުންނެވެ.
ފިޔާޒު އަދި ހަސަންގެ މައްޗަށް ދައުވާކޮށްފި
ސިޔާސަތުތަކަށް ފާޑު ކިޔުމަކީ ސިޔާސީ ޕާޓީއެއްގެ މަސްއޫލިއްޔަތެއް
ބޭރު ފައިސާގެ ބެލެންސް ދަށްވުމުން ޝަމްހީދުގެ ކަންބޮޑުވުން
މާލެއަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށް އާޒިމް ގޮވާލައްވައިފި
ބީއެމްއެލްގެ ފިޔަވަޅަކީ ސައްހަ ގޮތުގައި ޑޮލަރު ބޭނުންކުރުން
މީޑިއާ ވިލެޖުގެ މަސައްކަތް ޖޫން މަހަށް ނިންމަނީ