ހުޅުމާލެ ތަރައްގީ ކުރުމުގެ ކަންކަން ކުރިޔަށް ގެންދަން ވާނީ މާލޭގެ ތޮއްޖެހިފައިވާ ނުތަނަވަސްކަމުން ފިލާވަޅު ލިބިގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ ރިވައިސްޑް މާސްޓަރޕްލޭން އަދި ހައުސިންގް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ބަދަލުގެނެވިފައިވާ ރަސްމީ ވެބްސައިޓް އިފުތިތާހުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ގްރޭޓަރ މާލޭ ސަރަޙައްދުގައި ފައިނޭންޝަލް ކެޕިޓަލެއްގެ ގޮތުގައި ހުޅުމާލެ ބައްޓަން ކުރުމަށް، މި މާސްޓަރޕްލޭނުން މަގުފަހިކޮށްދެވޭނެ ކަމަށެވެ.
ހުޅުމާލޭ ރިވައިސްޑް މާސްޓަރޕްލޭނާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމުން ގާތްގަނޑަކަށް 3 ލައްކައެއްހާ ރައްޔިތުންނަށް، ފެންވަރު ރަނގަޅު ދިރިއުޅުމެއް އުޅުމުގެ ފުރުސަތު އެތައް ގޮތަކުން ފަހިވެގެންދާނެކަން ފާހަގަކުރައްވައި، ރައީސް ވަނީ ހުޅުމާލޭ ރިވައިސްޑް މާސްޓަރޕްލޭން ހަގީގަތަކަށް ހެދުމުގައި، ހުރިހާ ބޭފުޅުންގެ ވިސްނުން އެއްގޮތް ކުރައްވައި، ބުރަ މަސައްކަތްތަކެއް ކުރެއްވުމަށް އެދިވަޑައިގެންފައެވެ.
މީގެ 24 އަހަރު ކުރިން އެކުލަވާލެވުނު ހުޅުމާލޭ މާސްޓަރޕްލޭނަށް ޒަމާނީ މުހިންމު ބަދަލުތަކެއް ގެނެސް، މިއަދު އިފްތިތާހްކުރެވިގެން ދިޔައިރު، ހުޅުމާލޭ ރިވައިސްޑް މާސްޓަރޕްލޭނަކީ އާންމު ދިރިއުޅުން އައު ހަރުފަތަކަށް އުފުލައިލެވި، ވިޔަފާރިއާއި އިގްތިސޯދަި ފުދުންތެރިކަން އިތުރުކޮށްދެވި، ދެމެހެއްޓެނިވި ތަރައްގީގެ ވެއްޓެއް ކަށަވަރުކޮށްދެނިވި މާސްޓަރޕްލޭނެކެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ