ކުރީގެ ފިރިމީހާއާ މިހާރުގެ ލޯބިވެރިޔާއާ ދެމެދު މާރާމާރީއެއް ހިނގާ ބަޔަކަށް އަނިޔާވެއްޖެއެވެ.
މި ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރު 13:00ހާއިރު، ހުޅުމާލޭގެ ބުރަވިގަސް މަގުގައި ހުރި ލޮޓެއް ކައިރީގައެވެ.
ފުލުހުން ބުނީ އެ މާރާމާރީ ހިނގީ އަންހެނެއްގެ ކުރީގެ ފިރިމީހާ އާއި މިހާރުގެ ލޯބިވެރިޔާއާ ދެމެދު ކަމަށެވެ. އަދި އެ ދެ މީހުންގެ މާރާމާރީގެ ތެރެއަށް އާއިލާގެ ބަޔަކު ވަދެ އިތުރަށް ހަމަނުޖެހުން ހިންގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މާރާމާރީގައި އެކެއްގެ ބޯ ފަޅައިގެން ގޮސްފައިވާއިރު އިތުރު މީހަކަށް އެކިވަރުގެ ކުދި އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ ދެ މީހުންނަށް ވެސް ހޮސްޕިޓަލުން ފަރުވާ ދިނުމަަށްފަހު މިހާރު ވަނީ ދޫކޮށްލައިފައެވެ.
އެ މާރާމާރީއާ ގުޅިގެން އެ ދެ މީހުންވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައެވެ. އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ