ސަރުކާރާ ދެކޮޅަށް އެމްޑީޕީން މިރޭ ކުއްލި އެއްވުމަކަށް ނުކުންނަން ތައްޔާރުވަމުން ދަނިކޮށް، އެމްޑީޕީ ހަރުގެއަށް ކަރަންޓުދީފައިވާ ކޭބަލެއް ބަޔަކު ބުރިކޮށްލައިފިއެވެ.
އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރު އަންވަރު އިބްރާހިމް ވިދާޅުވީ ޗާންދަނީމަގުގައި ހުންނަ އެ ޕާޓީގެ ހަރުގެއަށް ކަރަންޓު ދީފައިވާ ކޭބަލް ބުރުކޮށްލާފައި ވަނީ، ސްޓެލްކޯ ޑިސްޓްރިބިއުޝަން ފޮށްޓަކުން ކަމަށެވެ. އެކަންކޮށްފައި ވަނީ މިއަދު ހަވީރު 5:40 އެހާކަންހާއިރު ކަމަށް އަންވަރު ވިދާޅުވިއެވެ.
ސްޓެލްކޯގެ މީޑިއާ އޮފިޝަލަކު "ހަތާވީސް"އަށް މިރޭ ވިދާޅުވީ ޗާންދަނީމަގުގައި ހުރި އެ ކުންފުނީގެ ކަރަންޓް ޑިސްޓްރިބިއުޝަން ފޮއްޓެއްގެ ތިރި ހަލާކުކޮށްލައިގެން، ކޭބަލްތަކެއް ބުރިކޮށްފައިވާތީ، އެކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ކޭބަލް ބުރިކޮށްގެން ވަގަށް ގެންގޮސްފައިވާ ކަމަށް ބެލެވެއެވެ.
ހަރުގެއަށް ކަރަންޓު ދީފައިވާ ކޭބަލް ބުރިކޮށްލާފައި ވަނީ ކުއްލި އެއްވުމަކަށް ނުކުންނަން ހަރުގޭގައި ތައްޔާރުވަމުން ދަނިކޮށެވެ.
ކޭބަލް ބުރިކޮށްލުމުން، އެ ސަރަހައްދުގެ ފަސް ގެއަކުން ކަރަންޓު ވަނީ ކެނޑިފައެވެ.
އެމްޑީޕީން މިރޭ 8:30ގައި ކުއްލި އެއްވުމަކަށް ނުކުންނަނީ ދައުލަތުގެ މުއައްސަސާތަކަށް ނުފޫޒު ފޯރުވައި ރައްޔިތުންގެ ހައްގުތަކަށް ސަރުކާރުން އަރައިގަންނަމުންދާ ކަމަށް ބުނެ އެކަމާ ދެކޮޅަށެވެ.
ރަސްމީ ދަތުރުފުޅެއްގައި މަޖިލިސް ރައީސް އިންޑިއާއަށް
އަންނަ މަހުގެ ފަސްވަނަ ދުވަސް ސަރުކާރު ބަންދު
ވެމްކޯ އިން ޕެންޝަނަށް 20 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދައްކާ އެބައޮތް
ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލާ، ނައީމް އަވަހާރަވެއްޖެ
އިންޑިއާ - އެމެރިކާގެ ވިޔަފާރީގެ މަޝްވަރާތައް ދަނީ ކުރިޔަށް: ސަފީރު
ގއ. އަތޮޅު ޑުރަގް ނެޓްވޯކާ ގުޅޭ 53 ބޭންކް އެކައުންޓެއް ފްރީޒްކޮށްފި