މ. އަތޮޅުގެ ފުރަތަމަ އެއާޕޯޓް، މުލީގައި މިއަދު ހުޅުވިގެން ދިޔައީ 11 އަހަރުގެ މަސައްކަތުން ކަމަށާއި އެ މަޝްރޫއަށް 540 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މުއްތަލިބު އެހެން ވިދާޅުވީ މުލީ އެއާޕޯޓް ހުޅުވުމަށް އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ މުލީ ބިން ހިއްކުމުގެ މަޝްރޫއު އެންމެ ފުރަތަމަ ފެށީ 2014 ވަނަ އަހަރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނެވިއިރުގައި ކަމަށެވެ.
"މުލިއާއެއާޕޯޓް ވެގެންދާނީ ޓޫރިޒަމްގެ އެތައް އިންވެސްޓްމަންޓުތަކެއް އައިސް ތަރައްގީ މަގުފަހިވެގެންދާ ދޮރާއްޓަކަށް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެއާޕޯޓުގެ ޕްރޮޖެކްޓަކީ އެންމެ މުހިއްމު އިސްކަމެއް ދެއްވައިގެން ނިންމަން ރައީސް މުއިއްޒު ހަވާލުކުރި މަޝްރޫއެއް ކަމަށެވެ.
މ. އަތޮޅުގެ ރައްޔިތުންނަށް މުއްތަލިބު ގޮވާލެއްވީ ސަރުކާރުން ކުރި ބޮޑު އިންވެސްޓްމަންޓު ބަލައިގަނެ، އަތޮޅަށް ތަރައްގީ ގެނައުމަށްޓަކާ މަސައްކަތް ކުރެއްވުމަށެވެ. އެގޮތުން ގެސްޓްހައުސް ވިޔަފާރި އަތޮޅަށް ގެނައުމަށާއި އެދިވަޑައިގެންނެވިއެވެ.
"އަޅުގަނޑުގެ އިލްތިމާސަކީ އާބާދީ ތަރައްގީ، އެއްފަސް ކުރުމުގެ ނަމުގައި މި އަތޮޅު ދޫކޮށް ނުދިއުން. މި އަތޮޅުގެ ކުދި ރަށްތަކުގައި ތިބި ފަރާތްތަކުން މިއަތޮޅުގެ ބޮޑެތި ރަށްތަކަށް އެއްވެ، އާބާދީ ތަރައްގީ އެއްފަސްކުރަށްޓަކާ މަސައްކަތް ކުރުން،" މިނިސްޓަރު ވިދާޅުވިއެވެ.
ދެ ގައިދީން މަރުވި މައްސަލާގައި ޕޯސްޓްމޯޓަމް ހަދަން ފޮނުވައިފި
ސިއްހީ ދާއިރާއިން އެންމެ ނުފޫޒުގަދަ 100 ޝަހުސިއްޔަތުގެ ތެރޭގައި ރައީސް
މާލޭގެ އިރުމައްޗާއި އުތުރު ފަރާތުގެ ތޮށިގަނޑު މަރާމާތުކޮށް ހަދަނީ
އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކޮށްފި
ސައުދާ އަށް އާޒިމް: ރައްޔިތުންގެ އިތުބާރަކީ ކުޅޭކުޅޭ އެއްޗަކަށް ނުހަދާ