ރާއްޖޭގެ ފެރީ ނިޒާމު ތަރައްގީކޮށް އެއްކޮށް މުޅި ރާއްޖެ ގުޅުވައި ނިންމުމަށް އަވަށްޓެރި އިންޑިއާ އިން ރާއްޖެއަށް 100 މިލިއަން ރުފިޔާގެ އެހީއެއް ދީފިއެވެ.
މި އެހީ ދިނުމުގެ ގޮތުން އިއްޔެ ފޮރިން މިނިސްޓްރީގައި ވަނީ ސޮއި ކުރުމުގެ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި ރާއްޖެ އަށް އިންޑިއާ އިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި ފޮރިން މިނިސްޓަރު ހަލީލުގެ އިތުރުން ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ބައިވެރިވެވަޑައިގެންނެވިއެވެ.
އެ އެއްބަސްވުންތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ފޮރިން މިނިސްޓަރު ހަލީލެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައިވަނީ އިންޑިއާ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ޖީ. ބާލަސުބްރަމާނިއަން އެވެ. އަދި އެ މަޝްރޫއުތަކުގެ ތަންފީޒީ ފަރާތުގެ ގޮތުން ސޮއިކުރެއްވީ ޓްރާންސްޕޯޓު މިނިސްޓަރު އަމީނެވެ.
"ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕެމެންޓް" ސްކީމްގެ ތިންވަނަ ފިޔަވަހި އިއުލާންކޮށްފައި ވަނީ މިދިޔަ އަހަރު އޮކްޓޫބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައެވެ.
ބީއެމްއެލްގެ ފިޔަވަޅަކީ ސައްހަ ގޮތުގައި ޑޮލަރު ބޭނުންކުރުން
މީޑިއާ ވިލެޖުގެ މަސައްކަތް ޖޫން މަހަށް ނިންމަނީ
ޔާމީނަކީ ވިސްނުންތެރި، ވިޝަނަރީ ބޭފުޅެއް: ސައީދު
ހިތަށްވީ ތަދުގެ ބަދަލު ހޯދަން އުޅެގެން ލިބޭނެ ކުރިއެރުމެއް ނެތް
ޕާޓީތަކުން މެންބަރުން ވަކިކުރެވޭ ބިލު ހުށަހަޅަނީ
ތިލަމާލެ ބްރިޖުގެ ފެންވަރާއި މެދު ސުވާލު އުފައްދާނެ ޖާގައެއް ނެތް