ޣައްޒާގައި އިސްރާއީލުން ހުއްޓުމެއްނެތި ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
އިސްރާއީލުން ދެމުން ގެންދާ ހަމަލާތަކުގައި އިއްޔެ އެކަނިވެސް ކުށެއް ނެތް 100 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުވެފައެވެ. ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވަވައިފައެވެ.
ރައީސް ވިދާޅުވީ ހަމަލާތައް އިތުރުވުން ހުއްޓުވައި، އަދި ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލާ ކަމަށެވެ. މީގެއިތުރުން ބައިނަލްއަގްވާމީ މުޖުތަމައު އިން އެކަމުގައި އަވަސް ހަރުކަށި އަދި ފިޔަވަޅުތަކެއް އެޅުމަށް އިލްތިމާސް ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
އަދި ބައިނަލްއަގުވާމީ ގާނޫނީ އަދި އަހްލާގީ ވާޖިބުތަކާ އެއްގޮތްވާ ގޮތުގެ މަތިން އާންމުންގެ ފުރާނަ ހިމާޔަތްކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށާއި، އިސްރާއީލުގެ އަމަލުތަކަށް ޒިންމާދާރު ކުރުވަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ފޮރިން މިނިސްޓްރީން ވެސް ރޭ ވަނީ މިކަމާއި ގުޅިގެން ބަޔާނެއް ނެރެފައެވެ. އަދި ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ވަނީ ގޮވާލައިފައެވެ.
އިސްރާއީލުން ޣައްޒާ އަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލަން ރައީސް ގޮވާލެއްވިއިރު ރާއްޖޭން ވަނީ އިސްރާއީލު ރައްޔިތުން ރާއްޖެ އެތެރެވުން މަނާ ކުރުމުގެ ގޮތުން އިސްރާއީލް ޕާސްޕޯޓު މަނާ ކޮށްފައެވެ.
ޒަރޫރީ މުދާ އެތެރެކުރުމަށް އިންޑިއާއިން ރެކޯޑް މިންވަރެއްގެ ކޯޓާއެއް
ވަކިން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ބިންވެރިޔާ އިން ލިބުނު ގޯތި ދޫކޮށްލުމުން ފްލެޓަށް އެދެވޭ ގޮތް ހަދަނީ
އިންޑިއާގެ ތެޔޮ ކުންފުނިތަކަށް ގެއްލުން ކުޑަކުރަން ޑިއުޓީ ކުޑަކޮށްފި
ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 116 ޑޮލަރަށް އަރައިފި