މަގުމައްޗަށް ދޫކޮށްލާފައި ދިޔަ ކޮތަޅުތަކަކުން ގިނަ އަދަދެއްގެ ސިނގިރެޓް ފެނުނު މައްސަލާގައި ތިން މީހަކު ހައްޔަރު ކުރިޔަސް, އެ ތަކެއްޗަށް ޒިންމާވާ ވެރިފަރާތެއް ނެތުމުން އެ ތިން މީހުން ބަންދުން ދޫކޮށްލައިފި އެވެ.
ބަންގްލާދޭޝް ތިން މީހުން ކަމަށްވާ ރެޒައުލް ހައްގު، މަންމާން މޮންޑޮލް އަދި މުހައްމަދު ސުލައިމަން ހައްޔަރުކުރީ ބޮޑުރަސްގެފާނު މަގުން ފިލައިގެން ދާން އުޅުނު ޕިކަޕަކުން މަގުމައްޗަށް ދޫކޮށްލާފައި ދިޔަ ކަޅު ކޮތަޅުތަކަކުން 221 ފޮށި ސިނގިރެޓް ފެނުމުންނެވެ.
އެ މީހުންނަށް ފުލުހުން ކުރީ ވައްކަމުގެ ތުހުމަތެވެ. ފުލުހުން ކުރިން ބުނެފައިވަނީ އަތުލައިގަތް ސިނގިރެޓް ކާޓަންތަކަކީ އެ މީހުން މަސައްކަތްކުރާ ސީނިއާ އިންޓަނޭޝަނަލްގެ ބޮންޑެޑް ވެއާހައުސް ގުދަނަކުން ގެއްލިފައިވާ ތަކެތި ކަމަށެވެ.
ކްރިމިނަލް ކޯޓުން އެ މީހުން ޝަރުތުތަކާއެކު މިދިޔަ ހުކުރު ދުވަހު ދޫކޮށްލީ ބަންދުގައި 10 ދުވަހަށްވުރެ ގިނަ ދުވަސްވިއިރު ވެސް އެފަދަ ސިނގިރޭޓުތަކެއް ގެއްލިގެން އެއްވެސް ފަރާތަކުން ފުލުހަށް ރިޕޯޓް ކޮށްފައިނުވާތީ ކަމަށެވެ. އެހެންވެ، ޕާސްޕޯޓު ހިފަހައްޓަން ޝަރުތުކުރުމަށް ފަހު އެ ތިން މީހުން ވަނީ ދޫކޮށްލައިފަ އެވެ.
ތުހުމަތުގައި ކުރެވޭ މީހުން ދިފާއުގައި ބުނެފައިވަނީ އެ މީހުން ސިނގިރެޓް ކާޓަންތައް ޕިކަޕަކަށް އެރުވީ އެ ޕިކަޕް އޮތް ހިސާބުން ދިމާވި އެހެން ބިދޭސީއަކު އުޖޫރަ ދޭނެ ކަމަށް ބުނުމުން ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ