ކައުންސިލްތަކުގައި އަންހެން މެންބަރުން ތިބޭ ނިސްބަތް 40 ޕަސެންޓަށް އިތުރު ކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ކުރިޔަށް ގެންދާ "ރައްޔިތުންނާއެކު" ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ކައުންސިލްތަކުގައި މިހާރު އަންހެން ކައުންސިލަރުންގެ އަދަދަކީ 33 ޕަސެންޓު ކަމަށެވެ. ނަމަވެސް އެ ނިސްބަތް 40 ޕަސެންޓަށް އިތުރު ކުރުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު މި އަދަދު 40 އިންސައްތައަށް އިތުރުކުރަން ނިންމާފައި މިއޮތީ. ދެން އެވެސް އެއީ، ހަމަ ވަރަށް މުހިންމު ބަދަލެއް. އޭގެ ސަބަބުންވެސް ފައިދާވާނެ ހަމަ. ހާއްސަކޮށް، އާބާދީ ބޮޑެތި ރަށްރަށުގައި،" ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ގާނޫނުތަކަށް ގެންނަން ނިންމަވާފައިވާ ބަދަލުތަކުގެ ތެރޭގައި އަތޮޅު ކައުންސިލްތައް އުވާލަން ސަރުކާރުން ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ.
އެހެންނަމަވެސް، ރަށު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތައް ހުންނާނެ ކަމަށާއި ކައުންސިލްތަކުގެ ސައިޒު ކުޑަކުރަން ހުށަހަޅާނީ އާބާދީގެ ނިސްބަތުން ކަމަށް ރައީސް ވިދާޅުވިއެވެ.
ސިނަމާލެއިން ތިލަމާލެއަށް: ބިޔަ އިންޖިނިއަރިންގެ އިންގިލާބެއް
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ