ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ސިނގަރޭޓާއެކު ބިދޭސީންތަކެއް ހައްޔަރުކޮށްފިއެވެ.
ފުލުހުން އެކްސްގައި ކުރި ޕޯސްޓުގައި ބުނީ ބޮޑުރަސްގެފާނު މަގުން ފިލައިގެން ދާން އުޅުނު ޕިކަޕަކުން ކަޅު ކުލައިގެ ތިން ކޮތަޅު މަގުމައްޗަށް ދޫކޮށްލާފައި ދިއުމުން އެ ބެލި އިރު އޭގެ ތެރެއިން 221 ފޮށި ސިނގިރެޓް ފެނިފައިވާ ކަމަށެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ތިން ފިރިހެނުންނެވެ.
ވަގަށް ނެގި ސިނގަރޭޓުތަކެއްގެ މައްސަލާގައި ބަޔަކު ހައްޔަރުކުރިއިރު، ވަގަށް ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ ސިނގަރޭޓު މޯލްޑިވްސް ކަސްޓަމްސް އިން ވަނީ ދާދިފަހުން ހިފަހައްޓައިފައެވެ.
ސިނގިރޭޓު ފޮށިތައް ފެނުނީ ޕުލައިވުޑް ޝިޕްމެންޓެއްގެ ތެރެއިންނެވެ. ކަސްޓަމްސް އިން އެ އޮޕަރޭޝަން ހިންގީ ހުޅުމާލެ ސީ ކާގޯގައެވެ.
ކަސްޓަމްސް އިން ބުނީ 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގެ ތެރެއިން 1،360 ކޭސް ސިނގިރޭޓު ފެނިފައިވާ ކަމަށެވެ. އެއީ 13،600،000 ސިނގަރޭޓެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ