އައްޑޫ ސިޓީ ހަންކެޑެ ބްރިޖުގައި އެކްސިޑެންޓެއް ހިނގާ މީހަކަށް އަނިޔާވެއްޖެއެވެ.
މި ހާދިސާ ހިނގާފައި ވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގެން މަމަށް ފުލުހުން ބުނެއެވެ.
އެ އެކްސިޑެންޓު ހިނގީ ބްރިޖުގެ ފެންސުގައި ޖެހިގެންނެވެ. ސޯޝަލް މީޑިއާގައި އެ އެކްސިޑެންޓުގެ ބައެއް ފޮޓޯތަކެއް އާއްމުވެފައިވާއިރު، ފޮޓޯތަކުން ފެންނަނީ ދެ މީހަކު ވެއްޓިފައިވާ މަންޒަރެވެ.
އޭގެތެރެއިން އެކަކު އޮތީ ފެންސުގެ ބޭރުގައެވެ. އެމީހާގެ ކައިރީގައި ގިނަ އަދަދެއްގެ ލޭ ހުއްޓެވެ. އެމީހާ އަށް މިހާރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
މިއަހަރު ވަނީ އައްޑޫ ބްރިޖުގައި އެކްސިޑެންޓެއް ހިނގާ މީހަކު ވެސް މަރުވެފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ