ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުލިބުނު އިންސާފެއް، އެއްވެސް ދިވެހި ރައްޔިތަކަށް ލިބޭނޭ ކަމަށް ބެލުމީ އަވާމެންދުރެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު އެހެން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ވަކިކުރުމަށް ޖޭއެސްސީން ނިންމާފައިވާތީ، އެކަމާމެދު ކަންބޮޑުވުންފާޅުކޮށް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޝާހިދު ވިދާޅުވީ އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން އުޅެނީ ސަރުކާރުގެ ސީދާ ނުފޫޒުން ކަމަށާއި އަޒްމިރަލްދާ އާއި މަހާޒު ވަކިކުރަން އުޅެނީ ޤާނޫނުއަސާސީއާ ޚިލާފަށް ކަމަށެވެ.
ޝާހިދު ސިފަ ކުރެއްވި ގޮތުގައި އެ އަމަލަކީ "އަނިޔާވެރި ޖަރީމާ" އެކެވެ.
އެ ދެ ފަނޑިޔާރުންނާ ގުޅޭ ގޮތުން ޖޭއެސްސީން ތަހުގީގުކުރީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅައި، ނުފޫޒު ފޯރުވި ކަމަށް ބުނާ ތުހުމަތާއި ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒް ތިއްބެވި ކަމަށް ބުނާ މައްސަލައެކެވެ.
އެ މައްސަލާގައި އެ ދެ ބޭފުޅުން ވަކިކުރަން ޖޭއެސްސީގެ ތަހުގީގު ކޮމެޓީން ނިންމި ނިންމުން ޖޭއެސްސީގެ އިއްޔެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.
އެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ މިއަދުގެ ބޭއްވި މަޖިލީހުގެ ޖަލްސާއަށް ވަނީ ހުށަހަޅާފައެވެ. އެ ހުށަހެޅުން ދިރާސާ ކުރަނީ ޖުޑިޝަރީ ކޮމިޓީންނެވެ.
ގާނޫނު އަސާސީ ބުނާގޮތުން ފަނޑިޔާރުން ވަކި ކުރެވޭނީ މަޖިލީހުގެ ތިން ބައިކުޅަ ދެ ބައި މެމްބަރުންގެ ވޯޓުން ފާސްވެގެންނެވެ.
ސިނަމާލެއިން ތިލަމާލެއަށް: ބިޔަ އިންޖިނިއަރިންގެ އިންގިލާބެއް
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ