ކަޝްމީރުގެ އިންޑިއާ ފަޅީގައި އޮންނަ ޕަހަލްގަމްގައި ތިބި ފަތުރުވެރިންނަށް އަމާޒުކޮށް ހަނގުރާމަވެރިން ދިން ޙަމަލާއަށްފަހު އިންޑިއާއާއި ޕާކިސްތާނުގެ ގުޅުން ގޯސްވެފައިވަނިކޮށް، އިންޑިއާއަށް ނިއުކްލިއަރ ހަމަލާއެއް ދީފާނެކަމުގެ އިންޒާރު ޕާކިސްތާނުން ދީފިއެވެ.
ޕާކިސްތާނުން ރަޝިޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުޙައްމަދު ޚާލިދު ޖަމާލީ ވިދާޅުވީ އިންޑިއާއިން ޕާކިސްތާނަށް ޙަމަލާއެއް ދީފިނަމަ ނިއުކްލިއަރ ހަމަލާއެއް ހިމެނޭހެން ޕާކިސްތާނުގެ އަތުގައި ހުރި ހުރިހާ ބާރެއް ރައްދުގައި ބޭނުން ކުރާނެކަމަށެވެ. ޕަހަލްގަމްގައި ޓެރަރިސްޓް ޙަމަލާދިން ހަނގުރާމަވެރިންނަކީ ޕާކިސްތާނު ސަރުކާރުން ވާގިވެރިވާ ބައެއްކަމަށް އިންޑިއާ ސަރުކާރުން ތަކުރާރުކޮށް ތުހުމަތުކުރަމުންދާއިރު، އެހަމަލާގެ ރައްދުގައި އިންޑިއާއިން ޕާކިސްތާނަށް ވަރުގަދަ ޙަމަލާއެއް ދީފާނެކަމުގެ ޖާސޫސީ މައުލޫމާތު ލިބިފައިވާކަމަށް ޕާކިސްތާނުން ބުނާތާ އެތައް ދުވަހެއް ވަނީ ވެފައެވެ.
އެހެންނަމަވެސް ޕާކިސްތާނަށް ޙަމަލާއެއް ދީފާނެކަމުގެ އިޝާރާތެއް އިންޑިއާއިން މިހާތަނަށް ކޮށްފައެއް ނުވެއެވެ. ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވީ ޕަހަލްގަމް ހަމަލާގެ ރައްދުގައި އަޅަން ބޭނުން ފިޔަވަޅެއް ބޭނުން އިރަކު އިންޑިއާގެ އަސްކަރިއްޔާއަށް އެޅުމުގެ ބާރު އޮންނާނެކަމަށެވެ.
ޕަހަލްގަމްގެ ޙަމަލާއަށްފަހު 'ވިކްޓިމް'ގެ ރޯލް ބައިނަލްއަޤްވާމީ މުޖްތަމައުގެ ކުރިމަތީގައި ޕާކިސްތާނުން ކުޅޭކަމަށް އިންޑިއާއިން ތުހުމަތުކުރެއެވެ. ޙަމަލާއަށްފަހު ޕާކިސްތާނުން މީގެ ކުރިންވެސް އިންޑިއާއަށް ނިއުކްލިއަރ ހަމަލާދޭނެކަމުގެ އިންޒާރު ދީފައިވެއެވެ. އެގޮތުން ޕާކިސްތާނުގެ ކެބިނެޓް ވަޒީރެއްކަމަށްވާ ޙަނީފް އައްބާސީ ވަނީ ހަމައެކަނި އިންޑިއާއަށް ހަމަލާދިނުމަށް ޚާއްސަ 130 ނިއުކްލިއަރ ވޯހެޑް ތައްޔާރީ ހާލަތުގައި އޮތްކަމަށެވެ.
ކަނޑުމަގުން އެތެރެކުރި 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި
ނަމާދު ވަގުތަށް ކުޅިވަރު ކުޅުން 20 މިނެޓަށް މެދުކަނޑާލަން އަންގައިފި
ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ އެއްބައިވަންތަކަމުގެ މައްޗަށް
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި