ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނުއަށް އިންސާފު ހޯދަން ގޮވާލައި ކުރަމުންދާ ސިލްސިލާ މުޒާހަރާ ތެރެއިން ރޭ ހައްޔަރު ކުރި ދެ ޒުވާނުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
މުޒާހަރާގެ ހަތް ވަނަ ރޭ ހައްޔަރުކޮށްފައި ވަނީ މ. ހަސްތީ، އައިޝަތު ޝިމަން އަހުމަދު، 19، އާއި ނ. ކުޑަފަރި، އަބްދުﷲ މަހްޒޫމް މާޖިދު، 28، އެވެ. ފުލުހުން ބުނީ މަހްޒޫމަށް ކުރާ ތުހުމަތުގެ ތެރޭގައި ފުލުހަކަށް ހަމަލާދޭން މަސައްކަތް ކުރިކަމުގެ ތުހުމަތު ހިމެނޭ ކަމަށެވެ. އަދި ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސް އަޅައި އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތު މަހްޒޫމަށާއި ޝިމަންއަށް ވެސް ކުރާ ކަމަށް ފުލުހުން ބުންޏެވެ.
އެ ދެ ޒުވާނުންގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ތިން ދުވަސް ޖަހައިދީފައެވެ.
ރޭގެ މުޒާހަރާގައި މިއުޒިކް ކުޅެ، ކެރަމް އާއި ޓެބަލް ޓެނިސްފަދަ ކުޅިވަރުތައް ކުޅެމުންދަނިކޮށް، މުޒާހަރާގެ ތެރެއަށް ފުލުހުން ވަދެ ޕެޕާ ސްޕްރޭ ޖަހައި ބަޔަކު ހައްޔަރު ކުރި މައްސަލާގައި ފުލުހުންނަށް ގިނަ ފާޑުކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް