މަސައްކަތްތެރިންގެ ހައްގުގައި މިއަދު ހަވީރު ކުރިއަށް ގެންދަން އުޅުނު ހިނގާލުމަށް ފުލުހުން ހުރަސް އަޅައިފިއެވެ.
މިއަދު ހަވީރު ސޯޝަލް ސެންޓަރު ކައިރިން މަޖީދީމަގުން ކުރިއަށްދާން އުޅެނިކޮށް، ފުލުހުން ވަނީ އެ ސަރަހައްދުގައި ބެރިކޭޑް ޖަހައި ވަށައިގެން ބަންދުކޮށްފައެވެ.
ފުލުހުން ބުނީ މަޖީދީމަގުން، އެ ހިނގާލުން ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އަދި ހިނގާލުން ކުރިއަށް ގެންދެވޭނީ އަމީނީމަގުން ކަމަށެވެ.
ޔޫނިއަންތަކާއި މަދަނީ ޖަމިއްޔާތައް ގުޅިގެން، ކުރިއަށް ގެންދިޔަ ހިނގާލުން އެންމެފަހުން ކުރިއަށް ގެންދިޔައީ އަމީނީމަގުންނެވެ. އަމީނީމަގުން ކުރިއަށް ދަނިކޮށް، ސްޓެލްކޯއާ ހިސާބުން ފުލުހުން ހުރަސް އަޅައި ބުނެފައި ވަނީ ހިނގާލުން ބޮޑުތަކުރުފާނު މަގަށް ބަދަލުކޮށްލުމަށެވެ. އަދި އެއްވުން ނިންމާލަންޖެހޭނީ އުސްފަސްގަނޑަށް ކަމަށެވެ.
ފުލުހުންގެ އެންގުންތަކަށް ކިޔަމަންނުވެ، ހިނގާލުމުގެ ބައިވެރިން ވަނީ އެއްވުން ކުރިއަށް ގެންގޮސް ދަރުބާރުގެއާ ހަމައަށް ކުރިއަށްޖެހިފައެވެ. އެންމެ ފަހުން އެއްވުން ނިންމާލީ ދަރުބާރުގެ ކުރިމައްޗަށެވެ.
ހިނގާލުމުގައި މަދަނީ ޖަމިއްޔާތަކުގެ ތެރެއިން ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންނާއި ޓީޗަރުންނާއި ޓެކްސީ ޓްރައިވަރުންނާއި މަސްވެރިންގެ އިތުރުން އެމްޕީއެލް ސަރަހައްދުގައި މަސައްކަތް ކުރާ މަސައްކަތްތެރިން ވެސް ބައިވެރިވިއެވެ.
ހިނގާލުމުގައި އިސްކޮށް އުޅުއްވީ އެމްޓީޔޫސީގެ ރައީސް އަދި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު (މަޓޭ)އެވެ.
ޒަރޫރީ މުދާ އެތެރެކުރުމަށް އިންޑިއާއިން ރެކޯޑް މިންވަރެއްގެ ކޯޓާއެއް
ވަކިން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ބިންވެރިޔާ އިން ލިބުނު ގޯތި ދޫކޮށްލުމުން ފްލެޓަށް އެދެވޭ ގޮތް ހަދަނީ
އިންޑިއާގެ ތެޔޮ ކުންފުނިތަކަށް ގެއްލުން ކުޑަކުރަން ޑިއުޓީ ކުޑަކޮށްފި
ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 116 ޑޮލަރަށް އަރައިފި