އައްޑޫ ސިޓީގައި އެމްޑީޕީ ހަރަކާތްތަކުގައި އުޅުނު އެ ޕާޓީގެ ދެ މެމްބަރަކު ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ވަޒީފާއިން ވަކިކުރުމުން، އިދިކޮޅު އެމްޑީޕީގެ ލީޑަރުން އެކަން ކުށްވެރި ކުރައްވައިފިއެވެ.
"ސަރުކާރާއި ކުންފުނީގެ އަގު ވެެއްޓޭގޮތަށް" ވާހަކަ ދައްކާކަމަށް ބުނެ، ވެމްކޯގެ ވަޒީފާއިން ވަކިކޮށްފައި ވަނީ އައްޑޫ ސިޓީ، ހިތަދޫ، ބޮޑުގަލުގެ، މޫސާ މުހައްމަދާއި އެ ރަށު ވީނަސްވިލާ، މުހައްމަދު އަފްސަލެވެ. މޫސާ ހުރީ ވެމްކޯ މެނޭޖަރުގެ މަގާމުގައެވެ. އަފްސަލް ހުންނެވީ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމުގައެވެ.
އެ ދެ މުވައްޒަފުން ވަނީ ނިމިދިޔަ ހަފްތާގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އައްޑޫއަށް ވަޑައިގެންނެވުމުން، ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެން، އެމަނިކުފާނަށް މަރުހަބާ ވިދާޅުވެފައެވެ. މީގެ އިތުރުން، ހިތަދޫގައި އެމްޑީޕީން ބޭއްވި ޖަލްސާ ފެށުމުގެ ގޮތުން، މޫސަ ވަނީ ގުރުއާން ކިޔަވާ ވިދާޅުވެފައެވެ.
އެ ދެ މުވައްޒަފުން ކުށްވެރިކޮށް، އެމްޑީޕީގެ ހާއްސަ މުޝީރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފެށިގެން ދަނީ ތިމާ ނިސްބަތްވާ ސިޔާސީ ފިކުރުގެ ސަބަބުން ވަޒީފާގެ ޔަޤީންކަން ގެއްލިގެން ދިއުމުގެ ސަގާފަތެއްގެ ފެށުން ކަމަށެވެ.
އެމްޑީޕީގެ ރައީސް ޝާހިދު "އެކްސް"ގައި ވިދާޅުވީ މަސައްކަތްތެރިންގެ ދުވަހާ ދިމާކޮށް، މަސައްކަތްތެރިންގެ ހައްޤުތަކަށް މިފަދައިން ސަރުކާރުން އަރައިގަތުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.
އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ ސަރުކާރުން މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގަނެ ސިޔާސީ ގޮތުން ފިއްތުންތައް ކުރިމަތި ކުރުވުމާ ދެކޮޅަށް މާދަމާ ނުކުމެވަޑައިގަންނަވަން އެދިވަޑައިގަންނަވާ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ