އައްޑޫ ސިޓީގައި އެމްޑީޕީ ހަރަކާތްތަކުގައި އުޅުނު އެ ޕާޓީގެ ދެ މެމްބަރަކު ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ވަޒީފާއިން މިއަދު ވަކިކޮށްފިއެވެ.
"ސަރުކާރާއި ކުންފުނީގެ އަގު ވެެއްޓޭގޮތަށް" ވާހަކަ ދައްކާކަމަށް ބުނެ، ވެމްކޯގެ ވަޒީފާއިން ވަކިކޮށްފައި ވަނީ ސ. ހިތަދޫ، ބޮޑުގަލުގެ، މޫސާ މުހައްމަދާއި އެ ރަށު ވީނަސްވިލާ، މުހައްމަދު އަފްސަލެވެ.
އެ ދެ މުވައްޒަފުން ވަނީ ނިމިދިޔަ ހަފްތާގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އައްޑޫއަށް ވަޑައިގެންނެވުމުން، ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެން، އެމަނިކުފާނަށް މަރުހަބާ ވިދާޅުވެފައެވެ. މީގެ އިތުރުން، ހިތަދޫގައި އެމްޑީޕީން ބޭއްވި ޖަލްސާ ފެށުމުގެ ގޮތުން، މުސަ ވަނީ ގުރުއާން ކިޔަވާ ވިދާޅުވެފައެވެ.
ހިތަދޫގައި ހުންނަ ވެމްކޯ ބްރާންޗުގެ މެނޭޖަރު މަގާމު ވެސް އަދާ ކުރައްވާ މޫސަ ވަނީ އޭނާއަށް ވެމްކޯއިން ކުރާ ތުހުމަތުތައް ދޮގު ކުރައްވާފައެވެ.
މި ދެ މުވައްޒަފުންގެ އިތުރުން، އެމްޑީޕީ ހަރުގޭގައި ގުރުއާން ކިޔެވި މީހަކު އެޗްޑީސީގެ މުވައްޒަފަކު ވެސް މިއަހަރު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.
އައްޑޫ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަދި ޕީއެންސީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވީ ޤާނޫނާއި ހިލާފަށް މުވައްޒަފުންނާ ދޭތެރޭ އެގޮތަށް ފިޔަވަޅު އަޅައިގެން ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރާއި ކުންފުނީގެ އަގު ވެެއްޓޭގޮތަށް ވާހަކަ ދައްކާކަމަށް ބުނެ، އެގޮތަށް ވަޒީފާއިން ވަކިކުރުމަކީ ވަޒީފާގެ ޤާނޫނުން ތަންދޭ ކަމެއް ނޫން ކަމަށް އަޒާން "އެކްސް"ގައި ވިދާޅުވެފައިވެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ