މިމަހުގެ 18ވަނަ ދުވަހު މާލޭ ގެއެއްގެ މަތިން އަންހެން ކުއްޖަކު ވެއްޓުނު މައްސަލާގައި އެންމެ ބޮޑު ތުހުމަތެއް ކުރެވޭ ރައުދު އަހުމަދު ޒިލާލުގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްފިއެވެ.
އެންމެ ފުރަތަމަ އެ މައްސަލާގައި ރައުދުގެ ބަންދަށް ޖެހީ ފަސް ދުވަހެވެ. އެ މުއްދަތު ހަމަވާތީ ކްރިމިނަލް ކޯޓަށް އޭނާ ގެންދިއުމުން އިތުރު 10 ދުވަސް ވަނީ ބަންދަށް ޖަހައިދީފައެވެ.
އޭނާ ބަންދު ކުރުމަށް ކޯޓުގައި މީގެކުރިން އެދުނު ސަބަބުތަކުގެ ތެރޭގައި އަންހެން ކުއްޖާ ވެއްޓުނު ކަމަށް ބެލެވޭ ވަގުތުގެ އިރުކޮޅެއް ފަހުން ޔުމްނު ކޮބައިތޯ ސުވާލުކުރުމުން ނޭނގޭ ކަމަށެވެ. އަދި އަންހެން ކުއްޖާ ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ރައުދު ބުނެފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެއެވެ.
ފުލުހުން ކޯޓުގައި ބުނީ އަންހެން ކުއްޖާ ވެއްޓުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.
އާ ވަޒީފާތަކަށް މީހުން ނެގުން މަޑުޖައްސާލަން އަންގައިފިން: ޒަމީރު
ހިޔާލު ހޯދުމުގެ ވޯޓު ހުއްޓުވަން ހުށަހެޅި މައްސަލަ ބަލައެއްނުގަތް
ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ކާރުތައް ރާއްޖެ ގެންނަން ފަށައިފި
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން
ބޯހިޔާވަހިކަން ލިބުމުން ސަރުކާރަށް ބިންކޮޅު ދޭން ނުޖެހޭ ގޮތް ހަދަނީ