އެމްޑީޕީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ) ގެ މައްޗަށް ފަސްޓްލޭޑީ ސާޖިދާ މުހައްމަދުގެ ފަރާތުން ފެމިލީ ކޯޓުގައި ކުރާ ދައުވާގެ ޝަރީއަތް ފެމިލީ ކޯޓުން މިއަދު ފަށައިފި އެވެ.
ރާއްޖޭގައި ވޭޕް މަނާކުރަން ނިންމި ނިންމުމާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކާ ގުޅުވައިގެން އެމްޑީޕީގެ މުޒާހަރާއެއްގައި ވާހަކަ ދެއްކި ކަމަށް ބުނެ މަންދީގެ މައްޗަށް ފެމިލީ ކޯޓާއި ސިވިލް ކޯޓުގައި ވެސް މަންދީގެ މައްޗަށް ފަސްޓްލޭޑީ ވަނީ ދައުވާ ކުރައްވައިފަ އެވެ.
އެ މައްސަލާގައި މިއަދުގެ އަޑުއެހުމުގައި ފެމިލީ ކޯޓުން ޝަރީއަތް ފެށި ނަމަވެސް އެ ޝަރީއަތް ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ.
ނަމަވެސް އެނގިފައިވާ ގޮތުގައި އެ މައްސަލާގައި ރައީސްގެ އަނބިކަނބަލުންގެ ފަރާތުން ދައުވާ ހުށަހެޅުމުން ދެން އޮންނަ އަޑުއެހުމެއްގައި ޖަވާބުދާރީވާން ވަނީ ފުރުސަތު ދީފަ އެވެ.
އެ މައްސަލާގައި މަންދީގެ އިތުރުން އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ މައްޗަށް ވެސް ފަސްޓްލޭޑީގެ ފަރާތުން ދައުވާކުރެ އެވެ. އެ މައްސަލާގެ ޝަރީއަތް އަދި ނުފަށަ އެވެ.
މީގެ އިތުރުން މަންދީގެ މައްޗަށް ޖިނާއީ ތަހުގީގެއް ވެސް ދަނީ ހިންގަމުންނެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް