ސަރަޙައްދީ ރޮނގު ހުރަސްކޮށް ޕާކިސްތާނުން ރޭވެސް އިންޑިއާއަށް ޙަމަލާ ދީފައިވާކަމަށް އިންޑިއާއިން ބުނެފިއެވެ.
ކަޝްމީރުގެ އިންޑިއާ ފަޅީގައި އޮންނަ ޕަހަލްގަމް ކިޔާ ފަތުރުވެރިންގެ މެދުގައި މަޤްބޫލު ސަރަހައްދަކަށް ހަނގުރާމަވެރިން ދިން ޙަމަލާއެއްގައި 26 މަރުވެ، ދެގައުމުގެ މެދުގައި މަސްރަހު ގޯސްވެފައިވާއިރު، އިންޑިއާއިން ބުނަނީ މިދިޔަ 6 ދުވަހުވެސް ޕާކިސްތާނުން ހަމަލާ ދީފައިވާ ކަމަށެވެ. އަދި ރައްދުގައި އިންޑިއާއިންވެސް ޙަމަލާދީފައިވާކަމަށްވެއެވެ.
އެޕްރީލް މަސް ފެށުނީއްސުރެ ސަރަހައްދީ ރޮނގު ހުރަސްކޮށް ޕާކިސްތާނުން އިންޑިއާ ފަޅިއަށް އެކި ދިމަދިމާލުން ޙަމަލާތައް ދެމުންދާކަމަށް އިންޑިއާއިން ދަނީ ބުނަމުންނެވެ. އެޕްރީލް 25-26 ދެ ދުވަހު 34 ދިމާލަކުން ޙަމަލާތައް އައިކަމަށް އިންޑިއާއިން ބުނެއެވެ.
ސަލަމާތީ ޙާލަތާއި ބެހޭ ގޮތުން އިއްޔެ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ބޭއްވެވި ބައްދަލުވުމެއްގައި، ޕަހަލްގަމްގައި ދިން ޓެރަރިސްޓް ހަމަލާގެ ރައްދު އިންޑިއާ ސިފައިން ބޭނުން ގޮތަކަށް، ބޭނުން އަމާޒަކަށް، ބޭނުން އިރަކު ދިނުމުގެ މިނިވަންކަން އޮންނާނެކަމަށް ވިދާޅުވިއެވެ.
ކަނޑުމަގުން އެތެރެކުރި 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި
ނަމާދު ވަގުތަށް ކުޅިވަރު ކުޅުން 20 މިނެޓަށް މެދުކަނޑާލަން އަންގައިފި
ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ އެއްބައިވަންތަކަމުގެ މައްޗަށް
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި