ރ. ފުއްގިރީގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދިފާއީ ހެއްކެއްގެ ގޮތުގައި ކްރިމިނަލް ކޯޓުގައި ހެކިބަސް ދޭން ޔޫތު މިނިސްޓްރީގެ އެޑްވައިޒަރު އަހުމަދު ނަރީޝް ދެކޮޅު ހަދައިފިއެވެ.
ފުއްގިރި ކުއްޔަށް ދިނުމަށް ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ނަރީޝްގެ އިތުރުން އެފްއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝުއާއުﷲ ސައީދު ދިފާއީ ހެއްކެއްގެ ގޮތުގައި ވަނީ ހުށަހަޅައިފައެވެ.
ނަމަވެސް އެ ދެ ބޭފުޅުން ވަނީ އެ މައްސަލާގައި ޔާމީންގެ ފަރާތުން ހެކިބަސް ދޭން ބޭނުންނުވާ ކަމަށް ބުނެ އެކަން ކޯޓަށް އަންގައިފަ އެވެ. ނަމަވެސް ކޯޓުން ވަނީ ވަނީ އެ ދެ ހެކިވެރިންނަށް އިތުރު ފުރުސަތެއްދީ، ހެކި ބަސް ނަގަން އަންނަ މަހަށް އިތުރު އަޑުއެހުމެއް ތާވަލްކޮށްފައެވެ.
އެ މައްސަލާގައި ހެކިބަސް ދޭން ނަރީޝް ދެކޮޅު ހެއްދެވި އިރު، ވ. އާރަށުގެ މައްސަލާގައި ޔާމީނަށް ކުރާ ދައުވާގެ ޝަރީއަތުގައި ޔާމީންގެ ދިފާއުގައި ކުރިން ހެކިބަސް ދެއްވި އެވެ. އޭރު އޭނާ ހެކިބަސް ދެއްވީ ޔާމީނަށް ލިބިވަޑައިގަތް ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށް ބުނެއެވެ.
ޔާމީން މައްޗަށް ފުއްގިރީގެ މައްސަލާގެ އިތުރުން އާރަށުގެ މައްސަލާގައި ދައުލަތުން ވަކިން ދައުވާ ކުރެ އެވެ. އެ މައްސަލަ ކުރިއަށް ގެންދަނީ ވަކިންނެވެ
ގެއްލުނު ފަތުރުވެރިން ހޯދަން ފީނި ސިފައިންގެ މީހަކު ނިޔާވެއްޖެ
އަޅުގަނޑުމެންގެ ވެރިކަންތަކުގައި ގޯސްކޮށް ކަންކަން ކުރެވިފައި ހުންނާނެ
ތާރީހީ މަޝްވަރާ ބައްދަލުވުމަށްފަހު ތިން ރައީސުންގެ އެއްބަސްވުމެއް!
ފަލާހުއާ ދެކޮޅަށް އައްބާސް އަބުރުގެ ދައުވާކުރަނީ
ކުރީގެ ތިން ރައީސުންގެ ބައްދަލުވުން މިއަދު
"އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން ނެރުނު އަމުރު އިސްތިއުނާފުކޮށްފި