ވަގަށް ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ ސިނގަރޭޓު މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.
އެކްސްގައި ކަސްޓަމްސް އިން ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 13 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް ކަސްޓަމްސް އިން އަތުލައިގެންފައިވާ ކަމަށެވެ.
ސިނގިރޭޓު ފޮށިތައް ފެނުނީ ޕުލައިވުޑް ޝިޕްމެންޓެއްގެ ތެރެއިންނެވެ. ކަސްޓަމްސް އިން އެ އޮޕަރޭޝަން ހިންގީ ހުޅުމާލެ ސީ ކާގޯގައެވެ.
ކަސްޓަމްސް އިން ބުނީ 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގެ ތެރެއިން 1،360 ކޭސް ސިނގިރޭޓު ފެނިފައިވާ ކަމަށެވެ. އެއީ 13،600،000 ސިނގަރޭޓެވެ.
އެ ސިނގަރޭޓުތަކުގެ އާއްމު އަގުތަކުން ޑިއުޓީ 122 މިލިއަން ރުފިޔާ އަރާނެއެވެ. އެ ސިނގަރޭޓުތައް އެތެރެކުރި ކުންފުނީގެ ނަމެއް ކަސްޓަމްސް އިން ހާމައެއް ނުކުރެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ