މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އުފަންދުވަހުގެ ޕާޓީއަކަށްފަހު، މަސްތުވެގެން ކަމަށް ބެލެވޭ ދެ މީހަކު ގެއަކަށް ވަދެ އުޅެނިކޮށް، އިމާރާތެއްގެ މަތިން ވެއްޓުނު އަންހެން ކުއްޖާއާ އެކު، އުޅުނު ޒުވާނާއާ ދެމެދު ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މި މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލުއެވެ. އޭނާ އަކީ އަންހެން ކުއްޖާ ވެއްޓުމާއި ހަމައަށް އެ ކުއްޖާއާއެކު ހުރި މީހާއެވެ.
ފުލުހުން މިއަދު ބުނީ ރައުދުގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް، ކްރިމިނަލް ކޯޓަށް ގެންދިއުމުން އޭނާގެ ބަންދަށް 5 ދުވަސް ޖަހާފައިވާ ކަމަށެވެ.
އޭނާ ބަންދު ކުރުމަށް ކޯޓުގައި އެދުނު ސަބަބުތަކުގެ ތެރޭގައި ޔުމްނު ވެއްޓުނު ކަމަށް ބެލެވޭ ވަގުތުގެ އިރުކޮޅެއް ފަހުން ޔުމްނު ކޮބައިތޯ ސުވާލުކުރުމުން ނޭނގޭ ކަމަށެވެ. އަދި ޔުމްނު ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ރައުދު ބުނެފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެއެވެ.
ފުލުހުން ކޯޓުގައި ބުނީ ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.
ރައުދު އާއި ވެއްޓުނު އަންހެން ކުއްޖާ ހިމެނޭހެން 7 މީހެއްގެ ފޯނުވެސް ފުލުހުން ވަނީ ހިފަހައްޓައިފައެވެ.
މީގެއިތުރުން މާންދޫގެ ޓެރެސް އާއި ދެވަނަ އަދި ހަތަރުވަނަ ފަންގިފިލާގެ އިތުރުން ކަށިވެލިގޭގެ ތިންވަނަ ފަންގިފިލާ ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ