މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އުފަންދުވަހުގެ ޕާޓީއަކަށްފަހު، މަސްތުވެގެން ކަމަށް ބެލެވޭ ދެ މީހަކު ގެއަކަށް ވަދެ އުޅެނިކޮށް، އިމާރާތެއްގެ މަތިން ވެއްޓުނު އަންހެން ކުއްޖާއާ އެކު، އުޅުނު ޒުވާނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
ހައްޔަރު ކޮށްފައި ވަނީ ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލުއެވެ. އޭނާ އަކީ އަންހެން ކުއްޖާ ވެއްޓުމާއި ހަމައަށް އެ ކުއްޖާއާއެކު ހުރި މީހާއެވެ.
ފުލުހުން މިއަދު ބުނީ ރައުދުގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް، ކްރިމިނަލް ކޯޓަށް ގެންދިއުމުން އޭނާގެ ބަންދަށް 5 ދުވަސް ޖަހާފައިވާ ކަމަށެވެ.
ރައުދު އާއި ވެއްޓުނު އަންހެން ކުއްޖާ ހިމެނޭހެން 7 މީހެއްގެ ފޯނުވެސް ފުލުހުން ވަނީ ހިފަހައްޓައިފައެވެ.
މީގެއިތުރުން މާންދޫގެ ޓެރެސް އާއި ދެވަނަ އަދި ހަތަރުވަނަ ފަންގިފިލާގެ އިތުރުން ކަށިވެލިގޭގެ ތިންވަނަ ފަންގިފިލާ ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ