މާލޭގެ ގެއެއްގެ މަތިން ވެއްޓުނު 21 އަހަރުގެ އަންހެން ކުއްޖާގެ މައްސަލާގައި، މިހާތަނަށް ފުލުހުން އާއްމުކުރި މައުލޫމާތުގައި ސުވާލު އުފެދޭ އެތައް ކަމެއް އެބަހުރި ކަމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވިދާޅުވެއްޖެއެވެ.
އެ އަންހެން ކުއްޖާގެ މައްސަލާގައި، އާއްމުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމުން މަގު މައްޗަށް ނިކުމެފައެވެ. ގިނަ އަދަދެއްގެ އާއްމުންނާއި ޒުވާނުން އެއްވެފައި ވަނީ ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން އިމާރާތް ކައިރިއަށެވެ.
އެ ސަރަހައްދުގައި ތިބި ޒުވާނުންގެ ފޮޓޯއެއް އެކްސްގައި ޕޯސްޓު ކުރައްވަވާ އަޒާން ކުރެއްވި ޕޯސްޓެއްގައި އަޒާން ވިދާޅުވީ ސަރުކާރުން އެ ޒުވާނުންގެ އަޑު އަހަން ޖެހޭ ކަމަށެވެ.
"މިބާވަތުގެ އެހެން މައްސަލަތަކުގައި އަމަލުކުރަމުން އަންނަގޮތްތަކާއި ތަފާތު ގޮތްތަކަށް އަމަލުކުރައްވާ ނަމަ، އެ ތަފާތު ގެންނަވާ ސަބަބު ސާފުވާންޖެހޭނެ. އަނިޔާ ލިބުނު ޒުވާނާއަށް އިންސާފު ލިބޭނެކަން ކަށަވަރުކުރަންޖެހޭ،" ސަރުކާރު މައި ޕާޓީ ޕީއެންސީގެ މެންބަރެއްގެ ގޮތުގައި އަޒާން ވިދާޅުވިއެވެ.
އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މި މަހުގެ 18ވަނަ ދުވަހުގެ ހެނދުނު 7:23 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
އެ ދުވަހުން ފެށިގެން އޭނާ އަށް ފަރުވާ ދެމުން ދިޔައީ ވެންޓިލޭޓަރުގެ އެހީގައެވެ. ނަމަވެސް މިހާރު އޭނާ ވެންޓިލޭޓަރުން ނަގާފައިވާ ކަމަށް ރޭ އެ ހާދިސާގެ މައުލޫމާތުތައް ނޫސްވެެރިންނާ ހިއްސާ ކުރަން ބޭއްވި ބައްދަލުވުމުގައި ބުނެފައިވެއެވެ.
ރޭގެ ބައްދަލުވުމުގައި އެ ހާދިސާއާ ގުޅުންހުރި ގިނަ މައުލޫމާތުތަކެއް ފުލުހުން މީޑިއާ އަށް ހިއްސާ ކުރިއެވެ. އަދި އެ ހާދިސާއާ ގުޅުންހުރި ބައެއް ސީސީޓީވީ ފުޓޭޖު ވެސް ފުލުހުން ވަނީ މީޑިއާތަކަށް ވެސް ހިއްސާ ކޮށްފައެވެ. އެހެންނަމަވެސް އަދިވެސް އެކަމުގައި ފުލުހުން އަމަލުކުރާ ގޮތުން ގިނަ ކަންބޮޑުވުންތަކެއް އާއްމުންގެ އެބަހުއްޓެވެ.
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި