މާލޭގެ ގެއެއްގެ ފުރާޅު މަތިން ވެއްޓުނު އަންހެން ކުއްޖާ ވެންޓިލޭޓަރުން ނަގައިފިއެވެ.
އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މި މަހުގެ 18ވަނަ ދުވަހުގެ ހެނދުނު 7:23 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
އެ ދުވަހުން ފެށިގެން އޭނާ އަށް ފަރުވާ ދެމުން ދިޔައީ ވެންޓިލޭޓަރުގެ އެހީގައެވެ. ނަމަވެސް މިހާރު އޭނާ ވެންޓިލޭޓަރުން ނަގާފައިވާ ކަމަށް މިރޭ އެ ހާދިސާގެ މައުލޫމާތުތައް ނޫސްވެެރިންނާ ހިއްސާ ކުރަން ބޭއްވި ބައްދަލުވުމުގައި ބުނެފައިވެއެވެ.
ވެއްޓިފައި އޮއްވާ ފެނުނު އަންހެން މީހާ އަކީ އުމުރުން 21 އަހަރުގެ ޒުވާނެކެވެ.
މިރޭގެ ބައްދަލުވުމުގައި އެ ހާދިސާއާ ގުޅުންހުރި ގިނަ މައުލޫމާތުތަކެއް ފުލުހުން މީޑިއާ އަށް ހިއްސާ ކުރިއެވެ. އަދި އެ ހާދިސާއާ ގުޅުންހުރި ބައެއް ސީސީޓީވީ ފުޓޭޖު ވެސް ފުލުހުން ވަނީ މީޑިއާތަކަށް ވެސް ހިއްސާ ކޮށްފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ