ކުށުގެ މާހައުލުގައި އުޅޭ ކުދިން ރީހެބިލިޓޭޓްކުރުމަށް ހަދާ "ހޯޕް އައިލެންޑް" ތަރައްގީ ކޮށްދޭނެ ބަޔަކު ހޯދުމަށް ހޯމް ލޭންޑް މިނިސްޓްރީން އިއުލާންކޮށްފިއެވެ.
މީގެކުރިން ހޯޕް އައިލެންޑް ތަރައްގީ ކުރުމަށް ނިންމާފައި އޮތީ ދ. ވާނީގައެވެ. ނަމަވެސް އެކަން މިހާރު ބަދަލު ކޮށްފައި ވަނީ އުތުރު ތިލަފަޅަށެވެ.
ހޯމް ލޭންޑް މިނިސްޓްރީން ވަނީ އެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމަށް ހުޅުވާލާފައެވެ. އެގޮތަށް ހުޅުވާލާފައި ވަނީ މިމަހުގެ 27ވަނަ ދުވަހާއި ހަމައަށެވެ.
އެ މަސައްކަތް ދަށުން އެކަމަށް ބޭނުންވާ ބިން ހިއްކައި އެ ސަރަހައްދު ހިމާޔަތް ކުރުމަށް ބޭނުންވާ ވަސީލަތްތައް ތަރައްގީ ކުރަން ޖެހެއެވެ. 700 މީހުންގެ ޖާގައަށް ހާއްސަކޮށްގެން ތަރައްގީ ކުރާ ހޯޕް އައިލެންޑުގައި އެތަނަށް ގެންދާ ކުދިންނާއި މުވައްޒަފުން ތިބުމަށް ޚާއްސަ ޔުނިޓްއަކާއި ތައުލީމް ފޯރުކޮށްދިނުމަށާއި އެކި ތަމްރީންތައް ކުރިއަށްގެންދާނެ ސަރަހައްދެއް ތަރައްގީ ކުރުމަށް ހަމަޖެހިފައިވެއެވެ.
މީގެ އިތުރުން ކުޅިވަރު ކުޅެވޭނެ ސަރަހައްދަކާއި ސިއްހީ ހިދުމަތް ފޯރުކޮށްދޭނެ ތަނެއްވެސް އެތަނުގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވެއެވެ. ހަމައެއާއެކު 700 މީހުންގެ ޖާގައިގެ މިސްކިތެއް ވެސް އެތަނުގައި ތަރައްގީ ކުރާއިރު އެތަނަށް ގެންނަށްކުދިންނާ ބެލެނިވެރިންނަށް ބައްދަލުކުރުމަށް ހާއްސަ ސަރަހައްދެއްވެސް ވެސް ތަރައްގީ ކުރުމަށް ހަމަޖެހިފައިވެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ