ރިޔާސީ އިންތިހާބުގެ އެއްބުރު ބޭއްވުމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ދެކޮޅު ހައްދަވައިފިއެވެ.
ފައްޔާޒު މިފަދައިން ވިދާޅުވެފައި މިވަނީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލާ އުވާލައި ޕްރިފެރެންޝަލް ވޯޓިން އަށް ދިޔުމަށް ތާއިދު ކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގެ ދެބަނަ ބުރު އުވާލުމާއި ގުޅޭ ގޮތުން ޕީއެންސީގެ މަޖިލިސް މެންބަރުންގެ ހިޔާލަކަށް ވެސް އެދިވަޑައިގެންފައެވެ.
ނަމަވެސް އެކަމަށް ދެކޮޅު ހައްދަވާ ފައްޔާޒު ވިދާޅުވީ ރައްޔިތުންގެ އެތައް މިލިއަން ރުފިޔާއެއް ކޮރަޕްޝަނަށް ގެއްލި، ބޭކާރު ސިޔާސީ ހަރަދުތައް އާދަޔާ ހިލާފަށް އިތުރުވެފައިވާއިރު، ހަރަދު ކުޑަކުރުމުގެ ނަމުގައި ގެންނަން ހުށަހަޅަން ނިންމާފައިވާ އެ ބަދަލުގެ ފަހަތުގައި އެއްވެސް އިހުލާސްތެރިކަމެއް ނެތް ކަމަށެވެ.
ފައްޔާޒު ވިދާޅުވީ އިންތިހާބީ ނިޒާމަށް ގެންނަން ހުށަހަޅާ ބަދަލުތަކަކީ ވޯޓުލާ މީހުންގެ ހައްގުތައް ހަނިކުރެވޭ ބަދަލުތަކަކަށް ވެގެން ނުވާނެ ކަމަށެވެ.
ރާއްޖެ ފަދަ ކުޑަ ގައުމެއްގައި، މަދު ގަޑިއިރުތަކެއް ތެރޭ ވޯޓު ގުނައި ނަތީޖާ އިއުލާނު ކުރެވޭއިރު، އިންތިހާބީ ރައީސަކު ހުވާ ކުރައްވަން ޖެހިވަަޑައިގަންނަވާނީ ވޯޓުލާ އާބާދީގެ އަޣުލަބިއްޔަތު ލިބި، ސާފު މެންޑޭޓަކާއެކު ކަމަށަ ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވަނީ ރިޔާސީ އަދި މަޖިލިސް އިންތިހާބު އެކު އެކީގައި ބޭއްވުމަކީ ހަރަދު ކުޑަ ވާނެ ގޮތެއް ކަމަށް މީގެކުރިން ވިދާޅުވެފައެވެ. ފައްޔާޒުގެ ޕޯސަޓުގައި އެކަމަށް ވެސް ވަނީ ދެކޮޅު ހައްދަވައިފައެވެ.
ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމަކީ ސަރުކާރަށް ފާރަވެރި ޖަވާބުދާރީވުމަށް މަޖިލީހަށް އޮތް ޒިންމާ އަދާކުރުމަށް ހުރަސް އެޅޭނެ ކަމެއް ކަމަށެވެ. އެހެންނަމަވެސް ރިޔާސީ އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބު އެއްކޮށްލުމަކީ އެކަމުން ފައިދާތަކެއް ހުރި ކަމެއް ކަމަށެވެ.
މިކަމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރަން ޖެހޭނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.
"އިންޑިއާ އޭއައި އިމްޕެކްޓް ސަމިޓް 2026" އިފްތިތާހްކޮށްފި
ރަސްމީ ދަތުރުފުޅެއްގައި މަޖިލިސް ރައީސް އިންޑިއާއަށް
އަންނަ މަހުގެ ފަސްވަނަ ދުވަސް ސަރުކާރު ބަންދު
ވެމްކޯ އިން ޕެންޝަނަށް 20 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދައްކާ އެބައޮތް
ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލާ، ނައީމް އަވަހާރަވެއްޖެ
އިންޑިއާ - އެމެރިކާގެ ވިޔަފާރީގެ މަޝްވަރާތައް ދަނީ ކުރިޔަށް: ސަފީރު