މާލޭގެ ގެއެއްގެ ފުރާޅު މަތިން ވެއްޓުނު އަންހެން މީހާ އަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފިއެވެ.
އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުނީ އިއްޔެގެ ހެނދުނު 7:23 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
ވެއްޓިފައި އޮއްވާ ފެނުނު އަންހެން މީހާ އަކީ އުމުރުން 21 އަހަރުގެ މީހެކެވެ
އެމީހާ އަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ފުލުހުން ވެސް އަދި އައިޖީއެމްއެޗުން ވެސް ހާމައެއް ނުކުރެެއެވެ. އައިޖީއެމްއެޗުން ބުނީ އަންހެން މީހާ އަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށެވެ.
ފުލުހުން ބުނީ އަންހެން މީހާ ފުރާޅު މައްޗަށް ވެއްޓުނު މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ