ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އީސަ އޭނާގެ ކުރީގެ އަނބިކަނބަލުންނަށް އަނިޔާ ކުރި ކަމަށް ބުނެ އީސަގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އަނިޔާއެއް ދިނުމުގެ ދައުވާ އީސަގެ މައްޗަށް ދައުލަތުން އުފުލީ މެއި, 2021 ގައި އޭނާގެ އޭރުގެ އަނބިކަނބަލުން އަސްރާ ނަސީމަށް އަނިޔާކުރި ކަމަށް ބުނެ އެވެ.
އެ މައްސަލާގައި ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނީ އެ މައްސަލާގައި އަސްރާ އާއި އެހެން ބައެއް ހެކިން ކޯޓުގައި ހެކިބަސް ދީފައި ނުވާއިރު, އީސަ އަނިޔާކުރި ކަމަށް ބުނާ ބުނުމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި ތަހުގީގަށް އަސްރާ ދިން ބަޔާނުގެ ސައްހަކަން ވެސް ކަށަވަރު ނުވާތީ އެ ބަޔާނުގައި ހުރި ވާހަކަތަކަށް ބުރަދަން ދެވެން ނެތް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ. އެހެންވެ, އެ ދައުވާ އީސަގެ މައްޗަށް ސާބިތުނުވާ ކަމަށް ހުކުމްކުރީ ކަމަށް އެ ހުކުމުގައިވެ އެވެ.
އެ މައްސަލާގައި އަސްރާ ކުރިން ތަހުގީގަށް ބަޔާނެއް ދިން ނަމަވެސް, ފަހުން އޭނާ ވަނީ އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ފުލުހުންގެ ކިބައިން އެދިފަ އެވެ. އަދި ކޯޓުގައި ވެސް އޭނާ ހެކިބަސް ދީފައެއް ނުވެ އެވެ.
އެ މައްސަލާގައި އީސަ ހައްޔަރުކުރަން އޭރު ކޯޓު އަމުރަކަށް ފުލުހުން އެދުނެވެ. ނަމަވެސް ކްރިމިނަލް ކޯޓުން އޭރު ނިންމީ އޭނާ ހައްޔަރު ކުރުމުގެ އަމުރު ނެރެދެވެން ނެތް ކަމަށެވެ. އަދި އެ މައްސަލަ ފެންމަތިވުމާ އެކު، އީސަ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ވެސް އިސްތިއުފާ ދެއްވި އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ