މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ހިންގި ޕްރޮޖެކްޓާއި ގުޅިގެން އެކުންފުނީގެ ކުރީގެ ސީއީއޯ ހަސަން ޝާހު އާއި އެކުންފުނީގެ ކުރީގެ ވެރިންތަކަކަށް ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ.
އޭސީސީން ޕީޖީއަށް އެ މައްސަލަ ފޮނުވީ އެމްޓީސީސީ ފްލެޓުތަކުގެ މަސައްކަތް ކޮށްފައިވާ ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލާގައެވެ. އެ މައްސަލާގައި ދައުވާ ކުރަން ފޮނުވީ އިއްޔެއެވެ.
ޝާހުގެ އިތުރުން އެ މައްސަލާގައި ދައުވާ ކުރަން ފޮނުވާފައި ވަނީ އެމްޓީސީސީގެ ޖެނެރަލް މެނޭޖަރު އަދި ޓެންޑާ އިވެލިއުއޭޝަން ކޮމެޓީގެ އޭރުގެ މެންބަރު ޝިފާއު އަލީ އާއި ޓެންޑާ އިވެލިއުއޭޝަން ކޮމެޓީގެ އޭރުގެ މެންބަރެއްގެ ގޮތުގައި ހުރި ހުސައިން ޒުހުރީގެ އިތުރުން މުހައްމަދު ނާޒިމް އަދި އިސްމާއީލް އަދުހަމްގެ މައްޗަށެވެ.
އެމްޓީސީސީގެ ފްލެޓުތަކުގެ މަސައްކަތް ކޮށްފައިވާ ބޭރުގެ ކުންފުނި ހޮވާފައި ވަނީ އިވެލިއުއޭޝަން ކްރައިޓީރިއާ ހިލާފަށް ޕޮއިންޓް ދީގެން ކަމަށް އޭސީސީން ބުނެފައިވެއެވެ. އެކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ބާތިލް ކުރެވޭ ފަދަ ހާލަތްތައް ކުރިމަތިވި ނަމަވެސް އެކުންފުންޏަށް އެޑްވާންސް ފައިސާ ދީފައިވާ ކަމަށާއި އަދި ޕްރޮގްރެސިވް ޕޭމަންޓުތައް ދީފައިވާ ކަމަށް ވެސް އޭސީސީން މިއަދު މީޑިއާތަކަށް ފޮނުވި ބަޔާނެއްގައިވެއެވެ.
އެ މަސައްކަތުގެ ސަބަބުން އެމްޓީސީސީ އަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ވެފައިވާތީ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އާއި ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލު ކުރުމުގެ ދައުވާ ކޮށްދޭން އޭސީސީން ވަނީ އެދިފައެވެ.
އޭސީސީން ބުނީ އެ މަސައްކަތުގެ ސަބަބުން އެމްޓީސީސީ އަށް 39 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށެވެ.
ދެކުނުގެ ކަނޑު ބެލުމަށް ދަރުމަވަންތައާ ޑްރޯން ހަރަކާތްތެރިވަނީ
ފައިސަލް ހާމަކުރެއްވީ 10 ރިސޯޓުން ރައްޔިތުންނަށް ފައިދާ ނުދެވޭނެކަން
ރިޔާސީ ބަޔާނަކީ އިންތިހާބަށް، ރައްޔިތުންނަށް ދެއްކި ނަނާ ހުވަފެނެއް
މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުމުގެ ސިޓީގައި ސޮއިކޮށްފި
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި