ހުޅުމާލެ ފޭސް 2 ގައި އާ މިސްކިތެއް އެޅުމަށް އިސްލާމިކް މިނިސްޓްރީ އާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު އެޗްޑީސީގައި ކުރިއަށްދިޔަ ހާއްސަ ބައްދަލުވުމެއްގައެވެ.
މި އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން، ސޮއި ކުރެއްވީ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލްއެވެ.
މި އެއްބަސްވުމުގެ ދަށުން ހުޅުމާލެ ފޭސް 2 ގެ ލޮޓު 22386 ގައި 2500 އާއި 3000 ދެމެދުގެ މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭ ވަރުގެ ބޮޑު މިސްކިތެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މި މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ހެޔޮއެދޭ އަމިއްލަ ފަރާތަކުން ޚަރަދުކޮށްގެންނެވެ.
މި މިސްކިތުގެ މަސައްކަތް ކުރާ ކޮންޓްރެކްޓަރު ހަމަޖެއްސުމަށް ހަމަޖެހިފައިވަނީ މިސްކިތް އެޅުމަށް ޚަރަދު ކުރާ ފަރާތުންނެވެ.
މި މިސް އެޅުމަށް ބިން ހަވާލުކުރާ ތާރީހުން ފެށިގެން 24 މަސް ތެރޭގައި މިސްކިތް އިމާރާތްކޮށް ނިންމުމަށް ކަނޑައަޅާފައިވާއިރު މި މިސްކިތް ނިމޭއިރު، ސޯލާއާއި އޭސީ ވެސް ހަރުކުރެވިގެންދާނެއެވެ.
އަދި މި މިސްކިތް ޑިޒައިން ކުރެވިފައިވާނީ ކޮންމެ މިސްކިތެއްގައި ވެސް ގުރުއާން ކިޔަވައިދެވޭ ގޮތަށް ކްލާސް ރޫމާއި ލައިބްރަރީ ހިމެނޭ ގޮތަށެވެ.
މީގެ އިތުރުން މިހާރު ހުޅުމާލޭގައި އަޅަމުންދާ ދާއިމީ މިސްކިތަކުގެ ތެރެއިން ބައެއް މިސްކިތް މިއަހަރުގެ ތެރޭގައި ނިމޭނެ ކަންވެސް ފާހަގަކޮށްލެވެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ
قرآن ކިޔަވައިދޭ ކުލާސްކޮޓަރީގައި ނަމާދު ކުރަން ދަސްކޮށްދެވޭނެތޯ؟ އެހެންމިދެންނެވީ އެކިގޮތްގޮތަށް ނަމާދުކުރާތީއެވެ.
علي مصطفى