ދެ ފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައި ދެން ހުންނަ ބާވަތްތަކުގެ އުޅަނދުތައް ރާއްޖެއަށް މީގެ ތިންމަސް ފަހުން ދެން އެތެރެ ކުރެވޭނީ ގަރާޖު ސިޓީ ދެއްކުމަށްފަހު ކަމަށް އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.
އެ ގަވާއިދުގައި ބުނެފައި ވަނީ އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގެ ތެރެއިން ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅު ހުންނަ ވެހިކަލްތައް ރަޖިސްޓްރީ ކޮށްދެވޭނީ އެ އުޅަނދެއް ރަޖިސްޓްރީ ކުރުމަށް ލިޔުންތައް ހުށަހަޅާއިރު ގަރާޖެއްގައި އެ އުޅަނދު ބޭއްވުމަށް ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ސިޓީއެއް އޮވެގެން ކަމަށެވެ.
އެ އުޅަނދު ބާއްވަން ކަނޑައަޅާފައިވާ ގަރާޖަކީ ޓްރާންސްޕޯޓުން ބަޔާން ކޮށްފައިވާ މިންގަނޑުތަކަށް ފެތޭ ގަރާޖެއްތީ އެ މިނިސްޓްރީން ނުވަތަ އެ މިނިސްޓްރީން ކަނޑައަޅާ ބަޔަކު ބަލާނެ ކަމަށް ވެސް ގަވާއިދުގައިވެއެވެ.
ކުންފުންޏަކުން ގެންނަ އުޅަނދެއް ރަޖިސްޓްރީ ކުރެވޭނީ އެ އުޅަނދެއް ކުންފުނީގެ ބޭނުމަށް ގެންނަ ނަމަ ކަމަށް ވެސް ޓްރާންސްޕޯޓުން މިއަދު ގެޒެޓު ކޮށްފައިވާ ގަވާއިދުގައިވެއެވެ.
މި ގަވާއިދުގައި ރަޖިސްޓްރީ ނުކުރެވޭނެ ވެހިކަލްތައް ކަނޑައަޅާފައިވެއެވެ. އެގޮތުން ބޭނުންކޮށްފައި ހުންނަ އުޅަނދުތަކުގެ ތެރެއިން އިންޖީނު ކެޕޭސިޓީ 250 ކިއުބިކް ސެންޓިމީޓަރު ނުވަތަ އެއަށް ވުރެ ދަށުގެ މޮޓޯ ސައިކަލާއި އޮޓޯ ސައިކަލާއި އުފެއްދި ތާރީހުން ފެށިގެން ތިން އަހަރު ދުވަހަށް ވުރެ އިތުރުވެފައިވާ މޮޓޯ ސައިކަލާއި އޮޓޯ ސައިކަލު ރަޖިސްޓްރީ ނުކޮށްދެވޭނެ ކަމަށް ގަވާއިދުގައިވެއެވެ.
އިންޑިއާއިން ރާއްޖެއަށް ބޭރުކުރާ ތެލުން ޓެކްސް ކަނޑާލައިފި!
ސަރުކާރުން ބޮޑުކުރި ސިނގިރޭޓުގެ އަގު ހެޔޮކޮށްފި
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި