ޕްރޮސިކިއުޓަރު ޖެނެރަލް އޮފީސް (ޕީޖީ) ގެ ދެ ވަކީލަކު ސަސްޕެންޑުކޮށްފިއެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެ ގޮތުގެ ގަވާއިދުގެ ދަށުން އެ އޮފީހުގައި އެކުލަވާލާފައިވާ ސުލޫކީ މައްސަލަ ބަލާ ކޮމިޓީން ބަލަމުންދާ މައްސަލައަކާ ގުޅިގެން، އެ އޮފީހުގެ ދެ ޕްރޮސިކިއުޓަރަކު، މައްސަލަ ބަލައި ނިމެންދެން ސަސްޕެންޑުކުރުމަށް އެ އޮފީހުން ނިންމާފައިވާ ކަމަށެވެ.
ސުލޫކީ ކޮމިޓީން ބަލަމުންދާ މައްސަލައަކީ ޖިންސީ ފުރައްސާރަކުރުމާއި، އެ އޮފީހުން ގަބޫލުކޮށް ހިފަހައްޓަމުންދާ އަހްލާގީ މިންގަނޑާ ހިލާފުވުމުގެ މައްސަލައެކެވެ.
އެ މައްސަލާގައި ފުލުހުން ބަލަންޖެހޭ ބެލުންތަކެއް ހުރިކަމަށް ފެންނާތީ، އެކަން ޕީޖީ އޮފީހުން ވަނީ އެކަން ފުލުހުންނަށް ހުށަހަޅާފައެވެ. ޕީޖީން ބުނީ، ފުލުހުޖް ވެސް އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ