އިދިކޮޅު އެމްޑީޕީގެ ކޮންގްރެސް އަންނަ އޮގަސްޓު މަހުގެ 15ވަނަ ދުވަހުގެ ކުރިން ބޭއްވުމަށް ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފިއެވެ.
އެމްޑީޕީގެ ކޮންގްރެސް ބާއްވަން ފާސްކުރީ 75 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. ގައުމީ މަޖިލީހުން ވަނީ ކޮންގްރެސް ބާއްވަން ހާއްސަ ކޮމެޓީއެއް ވެސް ނަގައިފައެވެ. އެ ކޮމެޓީ އަކީ 10 މެންބަރުންގެ ކޮމެޓީއެކެވެ.
ކޮންގްރެސް އިންތިޒާމްތަކާއި ބަޖެޓް ހޯދުމަށް އުފެއްދި ކޮމިޓީގައި ހިމެނެނީ:
- ޗެއަރޕަސރސަންގެ ނައިބު އިދާރީ، އިބްރާހިމް ވަހީދު
- ޗެއަރޕަސަންގެ ނައިބު މާލީ، އަހުމަދު އަބްދުﷲ
- އެމްޑީޕީގެ ނައިބު ރައީސް، ހިސާން ހުސައިން
- ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ
- ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުުތުރު ދާއިރާގެ މެމްބަރު މުހައްްމަދު އިބްރާހިމް (ކުޑޫ)
- އެމްޑީޕީގެ މަތި އުތުރު ޕްރޮވިންސްގެ ރައީސް، އަކްރަމް ކަމާލުއްދީން
- ފޮނަދޫ ދާއިރާގެ ރައީސް، ހުސައިން އިސްމާއިލް
- ހެންވޭރު އުތުރު ދާއިރާގެ ރައީސް، އިބްރާހިމް މުއިއްޒު
- އެމްޑީޕީގެ ތަރުޖަމާން، އަނަސް އަބްދުއްސައްތާރު
- ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒް
މިއަދު ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމަށް 81 މެމްބަރުން ވަޑައިގެންނެވިއެވެ. މިއީ ފަހުގެ ތާރީހެއްގައި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މިހާ ގިނަ މެމްބަރުން ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
އެންމެ ފަހުން އެމްޑީޕީގެ ކޮންގްރެސްއެއް ބާއްވާފައި ވަނީ 2022ވަނަ އަހަރުގެ އޮގަސްޓު މަހުއެވެ.
އާއްމު އުސޫލުން ކޮންގްރެސް ބާއްވަން އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބުނެފައި އޮންނަނީ ކޮންމެ ފަސް އަހަރަކުން އެއް ފަހަރެވެ.
ތަރައްގީގެ ކަންކަން، ކާމިޔާބު ކަމާއެކީގައި ކުރިއަށް ގެންގޮސްދޭނަން
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ރައީސް ބައްލަވާލައްވައިފި
ތުރުކީގެ އަސްކަރީ ބޯޓު ވެއްޓުނު ހާދިސާއާ ގުޅިގެން ރައީސްގެ ތައުޒިޔާ
ތަނަވަސް މީހުންނަށް އިނާޔަތްތައް ލިބޭތީ ސަލީމްގެ ކަންބޮޑުވުން
ކާށިދޫ ބޯޓުން ގެއްލުނު ބިދޭސީ މީހާ މަރުވެފައި އޮއްވާ ފެނިއްޖެ
ވީ ވައުދުތައް ފުއްދުމަކީ އަޅުގަނޑުގެ ޒިންމާއެއް: ރައީސް