އަހަރުގެ މެދުތެރެއިން ދިރާސީ އަހަރުގެ ކިޔެވުން ފަށާ ގޮތަށް އޮތް ގޮތުން ކުރިން ވެސް އެކަން އޮތް ގޮތަށް ކޮންމެ އަހަރެއްގެ ޖެނުއަރީ މަހު ފަށާ ގޮތަށް އަންނަ އަހަރު ބަދަލުވެގެން ދާނެ ކަމަށާއި އެކަމުން ދަރިވަރުންނަށް އެއްވެސް ދައްޗެއް ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިފަދައިން ވިދާޅުވީ، ރައްޔިތުންނާ ވީހާވެސް ގާތުން މައުލޫމާތު ހިއްސާ ކުރައްވައި، ރައްޔިތުންގެ ހިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ ތިންވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވީ ކުރީ ސަރުކާރުން ދިރާސީ އަހަރުގެ ކިޔެވުން އަހަރުގެ މެދުތެރޭގައި ފެށުމަށް ނިންމުމުން ދަރިވަރުންނަށް އެކަމުން ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށެވެ. ހާއްސަކޮށް މަތީ ތައުލީމަށް ދާއިރު އެކަމުން ދަރިވަރުންނަށް ބޮޑު ގެއްލުމެއް ލިބޭ ކަމަށް ރައީސް ވިދާޅުވިއެވެ.
މިކަން އިހު އޮތް ގޮތަށް ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީ މަހު ދިރާސީ އަހަރު ފަށާ ގޮތަށް ބަދަލު ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ސަރުކާރުން އަންނަނީ އެ މަގަށް އެކަން ކުރުމަށް މަސައްކަތް ކުރަމުންނެވެ. ރައީސް ވިދާޅުވީ އެކަން ކުރުމަށް ވަގުތުކޮޅެއް ނަގާ ކަމަށެވެ.
"އެ މަރުހަލާ މިހާރު ކުރިޔަށް މި ދަނީ. އެ މަރުހަލާ ނިމި އެއްކޮށް ނިމިގެން ދާނީ. އެހެންވީމާ މި އަންނަ އަހަރު ޖެނުއަރީ ފެށޭއިރުގައި 2026 ޖެނުއަރީގައި ފެށޭނީ ދިރާސީ އާ އަހަރަކާއެކު،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ދެއްވި ޔަގީންކަމަކީ އެ ބަދަލާއެކު ދަރިވަރުންނަށް އެއްވެސް ދައްޗެއް ނުވާނެ ކަމަށާއި އަދި ދަރިވަރުންގެ ހަޔާތުން އެއްވެސް ދުވަހެއް ނުގެއްލޭނެ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ އަހަރުގެ މެދު ތެރެއިން [ދެ ޓާމް ދެމެދު] ވެސް ޗުއްޓީ އެއް ލިބިގެން ދާނެ ކަމަށެވެ. އެ ޗުއްޓީ އަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ކަންބޮޑުވުމަށް ހައްލެއް ގެނެސްދީ އާއިލާއާއެކު އެފަރާތްތަކަށް ވަގުތު ހޭދަ ކުރުމަށް ލިބިގެން ދާނެ ޗުއްޓީ އެއް ކަމަށާއި އެހެންކަމުން އަލަށް ގެންނަ ބަދަލުން އެއްވެސް ބަޔަކަށް ދައްޗެއް ކުރިމަތި ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ޒަރޫރީ މުދާ އެތެރެކުރުމަށް އިންޑިއާއިން ރެކޯޑް މިންވަރެއްގެ ކޯޓާއެއް
ވަކިން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ބިންވެރިޔާ އިން ލިބުނު ގޯތި ދޫކޮށްލުމުން ފްލެޓަށް އެދެވޭ ގޮތް ހަދަނީ
އިންޑިއާގެ ތެޔޮ ކުންފުނިތަކަށް ގެއްލުން ކުޑަކުރަން ޑިއުޓީ ކުޑަކޮށްފި
ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 116 ޑޮލަރަށް އަރައިފި