އެންމެ ރަނގަޅު ގޮތަކީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީ އާއި އެ ޕާޓީގެ ތެރެއިން ވަކިވެގެން އުދެއްދި ދަ ޑިމޮކްރެސްޓް ގުޅިގެން މަސައްކަތް ކުރުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވާހަކަފުޅަށް ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒު ފަހުމީ މަރުހަބާ ވިދާޅުވެއްޖެއެވެ.
ނަޝީދު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމަނިކުފާނަށް ފެންނަ ގޮތުގައި އެ ދެ ޕާޓީ ގުޅުމަކީ ރާއްޖެއަށާއި އެމްޑީޕީއަށާއި ޑިމޮކްރެޓްސްއަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށެވެ.
ޑިމޮކްރެޓްސްގެ މެންބަރުންގެ އަދަދަކީ 3،667 އެވެ. އަދި އެމްޑީޕީގެ މެމްބަރުންގެ އަދަދަކީ 43،755 އެވެ.
ނަޝީދުގެ އެ ޕޯސްޓު ރީޕޯސްޓު ކުރައްވަވާ އިންތި ވިދާޅުވީ ނަޝީދުގެ އެ ވިސްނުންފުޅަށް މަރުހަބާ ދަންނަވާ ކަމަށެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.
އިންތި މިފަދައިން ވިދާޅުވި ނަމަވެސް އެމްޑީޕީގެ ލީޑާޝިޕްގެ އެއްވެސް ބޭފުޅަކު އަދި މިކަމާއި ގުޅިގެން އެއްވެސް ވާހަކައެއް ދައްކަވާފައެއް ނުވެއެވެ.
މުއައްސަސާތައް ފެއިލް ވަނީ ދެފުށް ފެންނަ ގޮތް ކުޑަވުމުގެ ސަބަބުން
ފައިސާ ޗާޕުކުރީ ބިލުތަކަށް ފައިސާ ދައްކާނެ އެހެން ގޮތެއް ނެތިގެން
ރައީސް މުއިއްޒު ޖަރުމަނަށް ވަޑައިގަންނަވަނީ
ކަނު ބަނދެވި ތިބެ މިދަނީ އަނދަވަޅަކަށް ވެއްޓެން: ނަޝީދު
އެޕްސްޓީން ފައިލްގެ މައްސަލާގައި ވަހީދު އިސްތިއުފާ ދެއްވައިފި
ހުކުމް ތަންފީޒު ކުރަމުންދިޔަ ދެ ގައިދީއަކު އިއްޔެ ނިޔާވެއްޖެ