ސިހުރު ހަދާ ކަމުގެ ތުހުމަތުގައި ހއ. ހޯރަފުށިން މީހަކު ހައްޔަރުކޮށްފިއެވެ.
އޭނާ ހައްޔަރު ކޮށްފައި ވަނީ ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަމަށް ފުލުހުން މިއަދު ބުނެފައިވެއެވެ.
ފުލުހުން ބުނީ ސިހުރު ހަދާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ، ވ. ކެޔޮދޫ / ތިބުރޯޒުގެ، މުހައްމަދު އަބްދުލްކަރީމް (34އ) އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މިމަހުގެ 2 ވަނަ ދުވަހު ހޯރަފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި އެ މައްސަލައާ ގުޅިގެން މުހައްމަދު އަބްދުލްކަރީމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ހޯރަފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ރާއްޖޭގެ ރަށްތަކުގައި ސިހުރު ހަދާ މައްސަލަ އަކީ ބޮޑުވެފައިވާ މައްސަލައެކެވެ. ފުލުހުން ވަނީ މިފަހުން ވެސް ބައެއް ރަށްތަކުގައި ސިހުރާ ގުޅިގެން ބައެއް އޮޕަރޭޝަންތައް ވެސް ހިންގައިފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ